twitterviber whatsapp telegramfacebookyoutube instagram
27th September 2026

ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްފަސްގެ މެނޭޖަރުކަމަށް އިބުރާހިމް މުހައްމަދު ހަމަޖައްސައިފި

Jan 8, 2014

ހދ ކުޅުދުއްފުށީގައި ހުންނަ ދިވެހިރާއްޖޭގެޤައުމީ ޔުނިވަރސިޓީގެ ކެމްފަސްގެ މެނޭޖަރު ކަމަށް ކުޅުދުއްފުށި ކޮންކޯޑު، އިބުރާހިމް މުހައްމަދު ހަމަޖައްސައިފި އެވެ.

އިބުރާހިމް މެނޭޖަރ ކަމުގެ މަގާމަށް އައްޔަނު ކުރީ މިއަހަރު ޖެނުއަރީ 1 އިން ފެށިގެންނެވެ.

ކުރިން ކެމްޕަހުގެ މެނޭޖަރުގެ ކަމުގެ މަގާމު ފުރުއްވަމުން ގެންދެވީ އެތަނުގެ އެސޯސިއޭޓް ލެކްޗަރަރ އިބުރާހިމް ފައިސަލް އެވެ. އޭނާ ވަނީ 1987 ފެށިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހާ ހަމަ މިދާއިރާގައި އެކި މަގާމްތައް ފުރުއްވާފަ އެވެ.

ކެމްޕަހުގެ މެނޭޖަރަކަށް ބޭފުޅަކު އައްޔަނު ކުރަނީ އެކަމަށް ކެމްޕަހުގެ އެތެރޭއިން ފުރުސަތު ހުޅުވާލުމުން އެކަމަށް ޝައުގުވެރިކަން ފާޅުކުރައްވާ ލެކްޗަރާއިންގެ ތެރެއިން އިންޓަވިއުކޮށް އެންމެ މަތިން ޕޮއިންޓް ހޯއްދަވައި ބޭފުޅަކަށް ލިބޭގޮތަށެވެ. މިފަހަރު މެނޭޖަރ ކަމަށް ފުރުސަތު ހުޅުވާލުމުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އިބުރާހިމް މުހައްމަދު އެކަންޏެވެ.

އިބުރާހިމް މުހައްމަދު މީގެ ކުރިން ހުންނެވީ އެ ކެމްފަހުގެ ލެކްޗަރާއެއްގެ މަގާމުގަ އެވެ. އަދި އޭނާ ވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ވެސް ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293