twitterviber whatsapp telegramfacebookyoutube instagram
13th May 2025

ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ޝައުފާ އިބްރާހީމް ހިލްމީ

Jan 10, 2014

ފުރިހަމަ ނަން: ޝައުފާ އިބްރާހިމް ހިލްމީ

އުމުރު: 18އަހަރު

އެޑްރެސް: މޫންސްޓަރ، ހދ ކުޅުދުއްފުށި

ތައުލީމީ ފެންވަރާއި ތައުލީމު ހާސިލްކޮށްފައިވާ ތަންތަން:

ޖީސީއީ އޯލެވެލް، ޖަލާލުއްދީން ސްކޫލުގައި

އިންފޮމޭޝަން ޓެކްނޮލޮޖީ ސެޓްފިކެޓް 3 ފުރިހަމަކޮށްފައި

ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ކުންފުނިތައް އަހަރާއެކު:

2012 ވަނަ އަހަރުގެ ޖޫން މަހު އެމްޑީޕީ ކުޅުދުއްފުށީ އޮފީހުގެ އެޑްމިނިސްޓްރޭޓިވް ސެކެޓްރީގެ މަގާމް.

މިހާރު އަދާކުރާ ވަޒީފާ: ނެތް

މުޖްތަމައަށް ކޮށްދީފައިވާ ފައިދާހުރި މަސައްކަތްތައް:

ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާފައިވާ އެކިއެކި ޕްރޮގްރާމު ތަކުގައި ބައިވެރިވެފައިވާނެ.

ސިޔާސީ ޕާޓީއަކާ ގުޅިފައިވާނަމަ ގުޅުނު އަހަރު:

2013 ވަނަ އަހަރު އެމްޑީޕީއާ

ކައުންސިލަރު ކަމަށް ކުރިމަތިލީ ކީއްވެ؟:

ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށް ލާމަރުކަޒީ އުސޫލުގެދަށުން

އަމިއްލަ ގޮތުން ނުވަތަ ސިޔާސީ ޕާޓީއަކާގުޅިގެން ކުރިމަތިލީ ކީއްވެ؟:

ރައްޔިތުން ތަމްސީލްކުރާ އަދި ރައްޔިތުންނަށް ބާރުވެރިކަން ހޯދާދޭ ޕާޓީއަކީ އެމްޑީޕީ ކަމަށް އަޅުގަނޑު ގަބޫލުކުރާތީ

ކައުންސިލަށް ހޮވަންވީ ކީއްވެ؟:

ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް

ކައުންސިލަރު ކަމަށް ހޮވިއްޖެނަމަ އެންމެ އިސްކަންދޭނެ ކަންތައްތައް (ވައުދުތައް):

ސަރުކާރާ ގުޅިގެން ވަކި ޕާޓީއަކަށް ނުބަލާ ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާނަން.

ރަށުގެ ރައްޔިތުންނާ ބައްދަލުކުރާނަން

އިޖްތިމާއީ ފޭރާން ރަނގަޅު ކުރުން

އެޑިޓަރުގެ ނޯޓް

މިއީ މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ގެނެސްދިނުމުގެ މަގްސަދުގައި “ކުޅުދުއްފުށި އޮންލައިން” އިން ގެނެސްދޭ ހާއްސަ ބައެކެވެ. ކެނޑިޑޭޓުންނާ ބެހޭ މައުލޫމާތު ހޯދުމަށްޓަކައި ކޮންމެ ކެނޑިޑޭޓަކަށްވެސް މި ނޫހުން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެއް ވަނީ ހަވާލުކުރެވިފައެވެ.

ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި ދެންނެވި ސުވާލު ކަރުދާސް ފުރިހަމަކޮށްފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ކެނޑިޑޭޓުންނެވެ.

ސުވާލުތައް އަމާޒުކޮށްފައިވާނީ ކެނޑިޑޭޓުންގެ އާންމު ވަނަވަރު އަދި ކެނޑިޑޭޓް ކައުންސިލަރުކަމަށް ކުރިމަތިލީ ބޭނުމާއި ކައުންސިލަށް ހޮވިއްޖެނަމަ ރަށަށް ކޮށްދޭނެ ކަންތައްތަކުގެ މައްޗަށެވެ. ސުވާލުތަކުގެ ޖަވާބުތައް ގެނެސްދީފައި އެވަނީ އެ ކެނޑިޑޭޓަކު ޖަވާބު ދިން ގޮތަށް އުނިއިތުރެއް ގެނައުމަކާ ނުލައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355