ފުރިހަމަ ނަން: މުހައްމަދު އައިމަން
އުމުރު: 19އަހަރު
އެޑްރެސް: ކިރުދޫނިގެ، ހދ ކުޅުދުއްފުށި
ތައުލީމީ ފެންވަރާއި ތައުލީމު ހާސިލްކޮށްފައިވާ ތަންތަން: ޖީސީއީ އޭލެވެލް ޖަލާލުއްދީން ސްކޫލްގައި.
އެކިއެކި ހޭލުންތެރި ކުރުމުގެ ވޯކް ޝޮޕްތަކުގައި ބައިވެރިވެފައި
ނިއުސް ކަވަރޭޖް އެންޑް މީޑިޔާ ކޯސް ފުރިހަމަކޮށްފައި
ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ކުންފުނިތައް އަހަރާއެކު: ނެތް
މިހާރު އަދާކުރާ ވަޒީފާ: ނެތް
މުޖްތަމައަށް ކޮށްދީފައިވާ ފައިދާހުރި މަސައްކަތްތައް: އަޅުގަނޑުވާނީ ރަށުގެ ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ބޭއްވި އެކި ކަހަލަ އިވެންޓު ތަކުގައި ބައިވެރިވެފައެވެ. އެގޮތުން އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން ބޭއްވި އިވެންޓުތަކާއި ޖަލާލުއްދީނުގައި އުޅުނު ދުވަސްވަރު ރަށުގެ ބަނދަރުމަތި ސާފުކުރުމާއި ރަށުގައި ގަސްއިންދާ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކޮށްފައިވާނެއެވެ.
ސިޔާސީ ޕާޓީއަކާ ގުޅިފައިވާނަމަ ގުޅުނު އަހަރު: 2012 ވަނަ އަހަރު އެމްޑީޕީއާ
ކައުންސިލަރު ކަމަށް ކުރިމަތިލީ ކީއްވެ؟:
ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށްޓަކައެވެ. އަދި ރަށަށް ލިބެންޖެހޭ ތަރައްޤީ ސަރުކާރަށް ބާރުއަޅައިގެން ހޯދުމުގެ ބޭނުމުގައެވެ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިރަށަށް ލިބެންޖެހޭ މިންވަރަށް މީގެ ކުރިން ތަރައްޤީ ނައިސްފައި އޮތީ، އެހެންކަމުން އެކަންކަން ފެނި އެކަމަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ކައުންސިލަށް ކުރިމަތިލީއެވެ.
އަމިއްލަ ގޮތުން ނުވަތަ ސިޔާސީ ޕާޓީއަކާގުޅިގެން ކުރިމަތިލީ ކީއްވެ؟:
އަޅުގަނޑު އެމްޑީޕީގެ ފަރާތުން ކުރިމަތިލީ އެމްޑީޕީއަކީ ދިވެހިރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ޕާޓީއަށްވެފައި ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު އެޅިފައިވާ ޕާޓީއަށް ވުމުންނެވެ. އެހެންކަމުން ސަރުކާރު ޒިންމާދާރުކުރެވޭނީ މިޕާޓީއަށްކަމަށް އަޅުގަނޑު ޤަބޫލުކުރާތީއެވެ.
ކައުންސިލަރު ކަމަށް ހޮވިއްޖެނަމަ އެންމެ އިސްކަންދޭނެ ކަންތައްތައް (ވައުދުތައް):
ވަކި ޕާޓީއަކަށް ވަކިފިކުރަކަށް ނުބަލާ ހަމަހަމަކަމާއެކު މަސައްކަތް ކޮށްދިނުން.
ސަރުކާރު ޒިންމާދާރުކުރުވަން ހުރި ކަންކަމުގައި ބަސްބުނުން، އެގޮތުން؛
ހދ ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރަށްވުރެ ރަނގަޅުކުރުން
ޕޮލިހާއި ގުޅިގެން ރަށުގައި ދައުރުވަމުންދާ މަސްތުވާތަކެތި ހޯދުމަށް ކުރާ މަސައްކަތް އިތުރުކުރުން
ސަރުކާރުން މިރަށަށްދޭ ބަޖެޓު ބޮޑުކުރުމަށް މަސައްކަތް ކުރުން
ރަށުގެ ޒުވާނުންނަށް ސްކޯލާޝިޕްގެ ފުރުސަތު ހޯދައިދިނުމަށް އެހީތެރިވުން.
ރަށުގައިވާ ޤައުމީ ޔުނިވަރސިޓީގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރަށް ބާރުއެޅުން
ރަށުން ބޭރުން އަންނަ ދަނޑުވެރިން އެމީހުންގެ މުދާތައް ވިއްކޭނެ ފަސޭހަ ގޮތެއް ހެދުން، އެގޮތުން މާރުކޭޓެއް އެޅުމަށް މަސައްކަތްކުރުން
ބަނދަރުމަތި ތަރައްޤީ ކުރުން
މަގުތައް މަރާމާތުކޮށް ރީތިކުރުން
ޗަސްބިމުން ދޫކޮށްފައިވާ ގެވަޅުތަކަށް ވެލިއެޅުން
ކުޅުދުއްފުށީގައި ޒުވާނުންނަށް ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކޮށްދިނުން.
ހުޅުމާލެއެކޭ އެއްގޮތަށް ކުޅުދުއްފުށީ ޒުވާނުންނަށް ސައިކަލު ރޭސްޖެހޭނެ މަގެއް ތަނަވަސްކޮށްދެވޭތޯ ބެލުން.
އެޑިޓަރުގެ ނޯޓް
މިއީ މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ގެނެސްދިނުމުގެ މަގްސަދުގައި “ކުޅުދުއްފުށި އޮންލައިން” އިން ގެނެސްދޭ ހާއްސަ ބައެކެވެ. ކެނޑިޑޭޓުންނާ ބެހޭ މައުލޫމާތު ހޯދުމަށްޓަކައި ކޮންމެ ކެނޑިޑޭޓަކަށްވެސް މި ނޫހުން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެއް ވަނީ ހަވާލުކުރެވިފައެވެ.
ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި ދެންނެވި ސުވާލު ކަރުދާސް ފުރިހަމަކޮށްފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ކެނޑިޑޭޓުންނެވެ.
ސުވާލުތައް އަމާޒުކޮށްފައިވާނީ ކެނޑިޑޭޓުންގެ އާންމު ވަނަވަރު އަދި ކެނޑިޑޭޓް ކައުންސިލަރުކަމަށް ކުރިމަތިލީ ބޭނުމާއި ކައުންސިލަށް ހޮވިއްޖެނަމަ ރަށަށް ކޮށްދޭނެ ކަންތައްތަކުގެ މައްޗަށެވެ. ސުވާލުތަކުގެ ޖަވާބުތައް ގެނެސްދީފައި އެވަނީ އެ ކެނޑިޑޭޓަކު ޖަވާބު ދިން ގޮތަށް އުނިއިތުރެއް ގެނައުމަކާ ނުލައެވެ.