ފުރިހަމަ ނަން:އަހުމަދު ހަސަން
އުމުރު: 22އަހަރު
އެޑްރެސް: އައިރިސް، ހދ ކުޅުދުއްފުށި
ތައުލީމީ ފެންވަރާއި ތައުލީމު ހާސިލްކޮށްފައިވާ ތަންތަން:
އޯލެވެލް ޖަލާލުއްދީން ސްކޫލް
ހދ އަތޮޅު ތައުލީމީ މަރުކަޒު
ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ކުންފުނިތައް އަހަރާއެކު:–
މިހާރު އަދާކުރާ ވަޒީފާ: އަތްތެރި މަސައްކަތް (ކަނބުރުވެރިކަން) 8 އަހަރު
މުޖްތަމައަށް ކޮށްދީފައިވާ ފައިދާހުރި މަސައްކަތްތައް:
ސިޔާސީ ޕާޓީއަކާ ގުޅިފައިވާނަމަ ގުޅުނު އަހަރު: 2012 ވަަނަ އަހަރު ޖުމްހޫރީ ޕާޓީއާ
ކައުންސިލަރު ކަމަށް ކުރިމަތިލީ ކީއްވެ؟:
ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައިދިނުމުގެ އަޒުމުގައެވެ.
އަމިއްލަ ގޮތުން ނުވަތަ ސިޔާސީ ޕާޓީއަކާގުޅިގެން ކުރިމަތިލީ ކީއްވެ؟:
ސިޔާސީ ޕާޓީއަކާއި ގުޅިގެން ނޫނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ނުދެވޭނެތީއެވެ.
ކައުންސިލަށް ހޮވަންވީ ކީއްވެ؟:
ރަށުގެ ތަރައްޤީއަށް މަސައްކަތް ކޮށްދޭނެ މީހަކަށް ވާތީއެވެ.
ކައުންސިލަރު ކަމަށް ހޮވިއްޖެނަމަ އެންމެ އިސްކަންދޭނެ ކަންތައްތައް (ވައުދުތައް)
އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދީ އެކަމުގައި އެހީތެރިވާނަން.
ބޯހިޔާވަހިކަން ހޯދައިދޭނަން
ރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ކޮށްދޭނަން
އެޑިޓަރުގެ ނޯޓް
މިއީ މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ގެނެސްދިނުމުގެ މަގްސަދުގައި “ކުޅުދުއްފުށި އޮންލައިން” އިން ގެނެސްދޭ ހާއްސަ ބައެކެވެ. ކެނޑިޑޭޓުންނާ ބެހޭ މައުލޫމާތު ހޯދުމަށްޓަކައި ކޮންމެ ކެނޑިޑޭޓަކަށްވެސް މި ނޫހުން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެއް ވަނީ ހަވާލުކުރެވިފައެވެ.
ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި ދެންނެވި ސުވާލު ކަރުދާސް ފުރިހަމަކޮށްފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ކެނޑިޑޭޓުންނެވެ.
ސުވާލުތައް އަމާޒުކޮށްފައިވާނީ ކެނޑިޑޭޓުންގެ އާންމު ވަނަވަރު އަދި ކެނޑިޑޭޓް ކައުންސިލަރުކަމަށް ކުރިމަތިލީ ބޭނުމާއި ކައުންސިލަށް ހޮވިއްޖެނަމަ ރަށަށް ކޮށްދޭނެ ކަންތައްތަކުގެ މައްޗަށެވެ. ސުވާލުތަކުގެ ޖަވާބުތައް ގެނެސްދީފައި އެވަނީ އެ ކެނޑިޑޭޓަކު ޖަވާބު ދިން ގޮތަށް އުނިއިތުރެއް ގެނައުމަކާ ނުލައެވެ.