ފުރިހަމަ ނަން:އިބްރާހިމް ރަޝީދު
އުމުރު:30 އަހަރު
އެޑްރެސް:މާވަޑިގެ، ހދ ކުޅުދުއްފުށި
ތައުލީމީ ފެންވަރާއި ތައުލީމު ހާސިލްކޮށްފައިވާ ތަންތަން:
އޯލެެވެލް، ޖަލާލުއްދީން ސްކޫލުގައި
ހދ އަތޮޅު ތައުލީމީ މަރުކަޒު
ކޯސްޓަލް ނެވިގޭޝަން،
ކޮމްޕިއުޓަރ ކޯސް ސެޓްފިކެޓް ލެވެލް 3
ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ކުންފުނިތައް އަހަރާއެކު:
ތާޖު އެގްސޯޓިކާ ރިސޯޓް އެންޑް ސްޕާ 2002 ވަނަ އަހަރު
ހައުސްކީޕިންގ އެސިސްޓެންޓް އެޓޯލް ސޭލްސް ޕްރޮމޯޓަރ މާލޭ އެރޭޓެޑް ވޯޓަރ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް 2003 ވަނަ އަހަރު
ބަރޮސް ރިސޯޓު 2006 ވަނަ އަހަރު
މިހާރު އަދާކުރާ ވަޒީފާ:ޖަލާލުއްދީން ސްކޫލުގެ އޮފީސް އެސިސްޓެންޓް
މުޖްތަމައަށް ކޮށްދީފައިވާ ފައިދާހުރި މަސައްކަތްތައް: –
ސިޔާސީ ޕާޓީއަކާ ގުޅިފައިވާނަމަ ގުޅުނު އަހަރު: 2011 ވަނަ އަހަރު
ކައުންސިލަރު ކަމަށް ކުރިމަތިލީ ކީއްވެ؟:
ސަރުކާރާއި ގުޅިގެން ކުޅުދުއްފުއްޓަށް އިތުރު ތަރައްޤީއާއި ކުރިއެރުން ގެނެސްދީ އަދި މި ސަރުކާރުން ރަށަށް ވެފައިވާ ވައުދުތައް ފުއްދައި ދިނުމުގެ އަޒުމުގައެވެ.
އަމިއްލަ ގޮތުން ނުވަތަ ސިޔާސީ ޕާޓީއަކާގުޅިގެން ކުރިމަތިލީ ކީއްވެ؟:
ސިޔާސީ ޕާޓީއަކާއި ގުޅިގެން ނޫނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދައި ދިނުމަށް އުނދަގޫ ތަކެއް ކުރިމަތި ވާނެތީއެވެ.
ކައުންސިލަށް ހޮވަންވީ ކީއްވެ؟:
ރަށުގެ ތަރައްޤީއަށް މަސައްކަތް ކޮށްދޭނެ މީހަކަށް ވާތީއެވެ.
ކައުންސިލަރު ކަމަށް ހޮވިއްޖެނަމަ އެންމެ އިސްކަންދޭނެ ކަންތައްތައް (ވައުދުތައް)
އެއާޕޯޓު އެޅުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ސަރުކާރުގެ ތެރެއިން ކުރާނަން.
ބޯހިޔާވަހިކަމަށް އިތުރު ހައްލެއް ހޯދައި ދިނުން
ކުޅުދުއްފުށީގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ކުރުމަށް ބާރުއަޅާނަން.
އެޑިޓަރުގެ ނޯޓް
މިއީ މި މަހުގެ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބުގައި ކުޅުދުއްފުށީ ކައުންސިލަށާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެ ދާއިރާއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ގެނެސްދިނުމުގެ މަގްސަދުގައި “ކުޅުދުއްފުށި އޮންލައިން” އިން ގެނެސްދޭ ހާއްސަ ބައެކެވެ. ކެނޑިޑޭޓުންނާ ބެހޭ މައުލޫމާތު ހޯދުމަށްޓަކައި ކޮންމެ ކެނޑިޑޭޓަކަށްވެސް މި ނޫހުން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާހެއް ވަނީ ހަވާލުކުރެވިފައެވެ.
ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން މި ދެންނެވި ސުވާލު ކަރުދާސް ފުރިހަމަކޮށްފައިވަނީ ނިސްބަތުން މަދު އަދަދެއްގެ ކެނޑިޑޭޓުންނެވެ.
ސުވާލުތައް އަމާޒުކޮށްފައިވާނީ ކެނޑިޑޭޓުންގެ އާންމު ވަނަވަރު އަދި ކެނޑިޑޭޓް ކައުންސިލަރުކަމަށް ކުރިމަތިލީ ބޭނުމާއި ކައުންސިލަށް ހޮވިއްޖެނަމަ ރަށަށް ކޮށްދޭނެ ކަންތައްތަކުގެ މައްޗަށެވެ. ސުވާލުތަކުގެ ޖަވާބުތައް ގެނެސްދީފައި އެވަނީ އެ ކެނޑިޑޭޓަކު ޖަވާބު ދިން ގޮތަށް އުނިއިތުރެއް ގެނައުމަކާ ނުލައެވެ.