twitterviber whatsapp telegramfacebookyoutube instagram
13th May 2025

ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ލޯންޗު ކޮށްފި

Jan 12, 2014

ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ ކުޅުދުއްފުށީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ލޯންޗު ކޮށްފި އެވެ.

ކެމްޕެއިން ލޯންޗުކުރުމަށްޓަކައި ރޭ ކުޅުދުއްފުށީ ބަނޑާރަމައިދާނުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީ ކައުންސިލަށް ވާދަކުރާ 7 ކެންޑިޑޭޓުންނާއި ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީގެ ދެ ދާއިރާއަކަށް ވާދަ ކުރާ 4 ކެންޑިޑޭޓުންގެ ޕްރޮފައިލް ދަށްކާފައިވެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށީގެ ރަށު ކައުންސިލަށް ވާދަ ކުރައްވާ ކެނޑިޑޭޓުންނަކީ އަބުދު ޝުކޫރު އަހުމަދާއި، އަލީ މުހައްމަދާއި، އަލީ ހާޝިމާއި، މުހައްމަދު އަބުދުއްރަހްމާނުގެ އިތުރުން ޝައުފާ އިބުރާހިމާއި ސާދުނާ މުހައްމަދު އަދި މުހައްމަދު އައިމަނެވެ.

ހދ އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަ ކުރައްވަނީ އަލީ ހަސަނާއި މުހައްމަދު ޝުކޫރެވެ. އަދި ދެކުނު ދާއިރާއަށް ވާދަކުރައްވަނީ އަހުމަދު އާތިފާއި އަބުދުއްލަތީފް ހަސަނެވެ.

” ގާނޫނޫގެ ވެރިކަން ކުޅުދުއްފުއްޓަށް” ނަމުގައި ބޭއްވި މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރައްވާ އަބުދުލް ލަތީފް ގާސިމާއި އައިޝަތު ލީޝާ ވާހަކަ ދައްކަވާފައިވެ އެވެ.

ރޭގެ ޖަލްސާގައި ރައީސް ނަޝީދުގެ ރަނިންމޭޓް ޑރ މުޞްތަފާ ލުތުފީ އާއި ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355