twitterviber whatsapp telegramfacebookyoutube instagram
12th August 2026

ރަން ފަށަކާއި ކެވިލިކޮޅެއް ވަގަށް ނެގި މީހަކު ހދ ވައިކަރަދޫން ހައްޔަރު ކޮށްފި

Jan 12, 2014

ހދ ވައިކަރަދޫ ގެއަކުން ވަގަށް ނަގާފައިވާ ރަން ފަށަކާއި ކެވެލިކޮޅެއް ހޯދާ އޭގެ ވެރިފަރާތާ ހަވާލު ކުރުމަށް ފަހު އެ މައްސަލާގައި ތުހުމަތު ކުރެވޭ ޒުވާނަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ފިރިހެނެކެވެ. ފުލުހުންނަން މިމަހު 8 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން މި މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން މި މަހު 10 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.

ވައްކަމުގެ މި މައްސަލައާ ގުޅިގެން ވަގަށް ނަގާފައިވާ ރަން ފަށާއި ކެވެލި ކޮޅު ހޯދާފައިވަނީ އެ ތަކެތި ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވައިކަރަދޫ މީހަކަށް ވިއްކާލާފައިވަނިކޮށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ މިހާރު ގެންދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަހުޤީޤް ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355