twitterviber whatsapp telegramfacebookyoutube instagram
10th April 2026

ހދ އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ޓްރެފިކް ގާނޫނަށް އަހުލުވެރިކުރުވަނީ

Jan 16, 2014

ހދ އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ޓްރެފިކް ގާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ހާއްސަ ކުލާސްތަކެއް ހިންގަން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ޓްރެފިކް ގާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދާ ކްލާސްތަކުގެ ތެރެއިން ފުރަތަމަ ކްލާސް ހިންގާފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށެވެ. އެ ކްލާސްތަކުގައި ޓްރެފިކް ގާނޫނާއި ގަވާއިދުތަކާއި ބެހޭގޮތުން މައުލޫމާތު ދީފައި ވެއެވެ.

މީގެއިތުރުން ޓްރެފިކް އޮޕަރޭޝަންތަކުގައި ހުރިހާ ފުލުހުންވެސް އެއް ގާނޫނާ އެއްގޮތް ވާގޮތުގެ މަތިން އަމަލުކުރުމަށް ބާރުއަޅައި އޮޕަރޭޝަންތަކުގައި އަމަލުކުރަންވާ ގޮތްތަކާބެހޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

މި ކުލާސްތަކުގައި މައުލޫމާތު ދެއްވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ޕޮލިސް ސްޓާފް ސަރޖަންޓް މުހައްމަދު ހަސަންއެވެ.

ޓްރެފިކް ގާނޫނަށް ފުލުހުން އަހުލުވެރިކުރުވުމަށް ހިންގާ މި ކްލާސްތަށް ދެން ހިންގުމަށް ހަމަޖެހިފައިވަނީ ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށާއި މަކުނުދޫގައި މަސައްކަތްކުރާ ފުލުހުންނަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355