twitterviber whatsapp telegramfacebookyoutube instagram
10th April 2026

ތިރީސްހާސް ރުފިޔާގެ މަސްތުވާތަކެތި ތުރާކުނަށް އެތެރެ ކުރަން އުޅުނު ޒުވާނެއް ހައްޔަރުކޮށްފި

Jan 18, 2014

ހއ.ތުރާކުނަށް 30 ހާސް ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ފުލުހުން އަތުލައިގަނެފި އެވެ.

ފުލުހުން ބުނީ ތުރާކުނަށް ދިޔަ މާލެ ދަތުރު ކުރާ ބޯޓަކުން މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި އަޅާފައިވާ ފިލްމު ހުސްކުރި ދަޅަކާއި 2 ބަނގުރާ ފުޅި އަކާއެކު 24 އަހަރު ޒުވާނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހއ އިހަވަންދޫ ޕޮލިސްޓޭޝަނުން ހިންގި މިއޮޕަރޭޝަނުގައި 24 އަހަރުގެ ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ތުރާކުނަށް ދިޔަ ބޯޓުން ގެންދިޔަ ޕާރުސަލަކާ ހަވާލުވާން އައުމުން، އެޕާރުސަލާ އޭނާ އާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރި އިރު އެޕާރުސަލުގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހި އަޅާފައި ފިލްމު ހުސްކުރި ދަޅާކާއި 2 ބަނގުރާ ފުޅި ފެނިފައިވާތީ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މިމައްސަލަ ހއ އިހަވަންދޫ ޕޮލިސް ޓޭޝަނުން ދަނީ ތަޙްޤީގު ކުރަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355