ކުޅުދުއްފުށީ ރަންފަޅޯގޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ.
އިއްޔެ މިހާދިސާ ހިނގާފައިވަނީ ހަވީރު 5 ޖަހާކަންހާއިރު އެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
މިހާދިސާގެ މައުލޫމާތު އިއްޔެ ހަވީރު 17:50 ހާއިރު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ވަގުތުން އެސަރަހައްދަށްގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ކުރެވުނު މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ 18:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެ އެވެ.
މިހާދިސާގައި އަލިފާން ރޯވި ރަންފަޅޯގޭ ގުދަނުގެ ހުރި މުދާ ތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ.