ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ދަންވަންދެން ކުރިއަށް ދާތީ، ކުޅުދުއްފުށީގެ ދެ ޕްރީ ސްކޫލުގެ ކިޔެވުން މާދަމާ ނުބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން މައުލޫމާތު ދޭގޮތުގައި ކުޅުދުއްފުށީގައި ހުންނަ ދެ ޕްރީ ސްކޫލުގެ ކިޔެވުން މާދަަމާ ނުބާއްވާ ގޮތަށް ހަމަޖެއްސީ ކުޅުދުއްފުށީގެ ދެ ޕްރީ ކަމުގައިވާ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލުގައި ލޯކަލް ކައުންސިލުގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ތައް ކުރިއަށްދާތީ ކަމަށެވެ.
މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖެއްސުމަށް އިލެކްޝަން ކޮމިޝަން ސަރުކާރުގައި އެދުނު ނަމަވެސް އެކަން އެގޮތަށް ހަމަޖައްސާފައި ނުވާތީ ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާނޭ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ވިދާޅުވެފަ އެވެ.