twitterviber whatsapp telegramfacebookyoutube instagram
10th April 2026

ފަނަރަ އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި

Jan 19, 2014

ފަނަރަ އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަހުލާޤީ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ޒުވާނަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި އެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ޒުވާނެކެވެ.

ފުލުހުން ބުނިގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނު 09:40 ހާއިރު ކުޅުދުއްފުށިންނެވެ.

މި ހާދިސާއާ ބެހޭ އިތުރު މައުލޫމާތެއް އަދި ހައްޔަރުކުރި މީހައާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355