twitterviber whatsapp telegramfacebookyoutube instagram
12th August 2026

އުރީދޫއިން އެމަޖެންސީ ޑޭޓާގެ ހިދުމަތް ތައާރަފްކޮށްފި

Jan 20, 2014

އުރީދޫ މޯލްޑިވްސް އިން އެމަޖެންސީ ޑޭޓާގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި އެވެ.

އުރީދޫ އިން މައުލޫމާތު ދޭ ގޮތުގައި މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންގެ ކްރެޑިޓް އަދި ޑޭޓާ އެލަވަންސް ހުސްވުމުން 350 އެމްބީ އާ ހަމައަށް އެމަޖެންސީ ޑޭޓާ ލިބިގެންދާނެ އެވެ.

މި ހިދުމަތް ހޯދުމަށް #141* އަށް ގުޅުމުން އެމަޖެންސީ ޑޭޓާ ލިބޭ ޕެކޭޖްތައް ހިޔާރު ކުރެވޭނެ އެވެ. މިގޮތުން 30 އެމްބީ، 150 އެމްބީ އަދި 350 އެމްބީ ގެ ތެރެއިން ހިޔާރު ކުރެވިދާނެ އެވެ. މި ހިދުމަތް ހޯދުމުން ކަސްޓަމަރުން ދެން އެންމެ އަވަހަށް ކުރާ ރިޗާޖުން އެމަޖެންސީ ޑޭޓާގެ ފީއާއެކު 10 އިންސައްތައިގެ ހިދުމަތުގެ ފީއެއް އުނިކުރެވޭނެ އެވެ.

އެމަޖެންސީ ޑޭޓާގެ ހިދުމަތް އުރީދޫ ޕްރީޕެއިޑް، އުރީދޫ މިކްސް އަދި އެމްވީޕީއެން ޕްރީޕެއިޑް ޚިދުމަތް ބޭނުންކުރާތާ 6 މަސް ވެފައިވާ ހުރިހާ ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ އެވެ.

އުރީދޫ އިން 2012 ވަނަ އަހަރު ވަނީ އެމަޖެންސީ ކްރެޑިޓް ވެސް ތައާރަފް ކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355