twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށްޓަކައި ބިމުގެ ޖާގަ އޮތް މިންވަރު ދެނެގަތުމުގެ ސާވޭއެއް ކުރަން ފަށައިފި

Jan 21, 2014

ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓު އެޅުމަށްޓަކައި ސާވޭ ކުރަން ފަށައިފި އެވެ.

ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ނަސްރުﷲ އިސްމާއިލް ވިދާޅުވީ މިހާރު ކުރަމުންދާ ސާވޭ އަކީ ބިމުގައި ޖާގަ އޮތް މިންވަރު ބެލުމަށް ކުރާ ސާވޭ އެއް ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ އިރުމަތި ފަރާތު ހޭޅިފަށުން ފެށިގެން ކަނޑު ތޮއްޓާއި ދޭތެރޭގެ ޖާގަ ބެލޭނެ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީގެ އިރުމަތި ފަރާތުގެ ބިމުގެ ހުސް ޖާގަ، ހިއްކެން އޮތް އެންމެ ބޮޑު މިނަކާއެކު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށާއި މިސާވޭ 3 ދުވަހުގެ ތެރޭގައި ނިންމާލެވޭ ވަރުވާނޭ ކަމަށް ނަސްރުﷲ ވިދާޅުވި އެވެ.

އެއާޕޯޓު އެޅުމަށްޓަކައި ކުޅުދުއްފުށީ އިރުމަތި ފަރާތުގެ ބިމުގެ ޖާގަ އޮތް މިންވަރު ދެނެގަތުމުގެ މި ސާވޭ ފަށާފައިވަނީ އާދީއްތަ ދުވަހު އެވެ.

ކުޅުދުއްފުށި އޮންލައިން އަށް މީގެ ކުޑަދުވަސްކޮޅެއް ކުރިން ދެއްވި ބަސްދީގަތުމެއްގައި ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ވިދާޅުވީ އެއާޕޯޓްގެ ކޮންސެޕްޓް ޑިޒައިން ކުރެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ އިތުރުން ފީޒިބިލިޓީ ޓެސްޓުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް މިހާރު ވެސް ތިން ލޮކޭޝަނެއް ބަލާފައިވާ ކަމަށާއި އެއާޕޯޓް އެޅުމަށް ބިމުގެ ޖާގަ ކުޅުދުއްފުށިން ލިބޭ ސާމީ އަގީލް ވިދާޅުވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355