twitterviber whatsapp telegramfacebookyoutube instagram
13th May 2025

ކުޅުދުއްފުށީގައި އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތްކުރި މީހަކު ސަލާމަތްކޮށްފި

Jan 22, 2014

ކުޅުދުއްފުށީގައި އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރި ޒުވާނަކު ރޭ ފުލުހުން ސަލާމަތް ކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ރޭ 19:33 އަމިއްލަ ފަރާތަކުން ފުލުހުންނަން ދިން މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދަންޖެހެން މަސައްކަތް ކުރި މީހާ ސަލާމަތް ކޮށްފައިވަނީ އޭނާގެ ކޮޓަރި ދޮރު ވައްޓާލައިގެން ކަމަށެވެ.

ފުލުހުން އޭނާގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ވަން އިރު އޭނާ ހުރީ ކަރަށް ވާގަނޑު މަހާލައިގެން، ވާގަނޑުގެ އަނެއް ކޮޅު ސީލިންގް ފަންކަލުގައި އައްސައިގެން “ދަންޖެހިފަ” ކަމަށް ފުލުހުން ބުންޏެވެ.

23 އަހަރުގެ މި ޒުވާނާ ފުލުހުންގެ ވެހިކަލެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް، ރޭ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ރަގަޅުވަމުން އަންނާތީ މިއަދުގެ ވަގުތެއްގައި އެމީހާ ވޯޑަށް ބަދަލު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދަންޖެހި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފައިވަނީ ކުޅުދުއްފުށީ، ރެޑްފުލާވަރ ގޭގެ 23 އަހަރުގެ ޒުވާނެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވާން މަސައްކަތް ކޮށްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާ އޭނައާ ކައިވެނި ކުރުމަށް އިންކާރު ކުރުމުން ކަމަށެވެ.

މިމައްސަލަ މިހާރު ދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަހްގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355