twitterviber whatsapp telegramfacebookyoutube instagram
12th August 2026

އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓު ލީޝާ ކާމިޔާބުކޮށްފި

Jan 25, 2014

އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓު ބޮޑު ތަފާތަކުން އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދުގެ އަނބިކަނބަލުން އައިޝަތު ލީޝާ ކާމިޔާބު ކޮށްފި އެވެ.

ކުޅުދުއްފުށީގައި ބެހެއްޓި ވޯޓު ފޮށިން ލީޝާ އަށް 235 ވޯޓު ލިބުނު އިރު އޭނާއާ ވާދަ ކުރި އަބުދުއްލަތީފް ގާސިމަށް ލިބިފައިވަނީ 75 ވޯޓެވެ.

އެ ފޮޓަށް ބާތިލް ވޯޓުގެ ގޮތުގައި 4 ވޯޓު ގުނިފައިވެ އެވެ.

މާލޭ ގައި ބެހެއްޓުނު ވޯޓު ފޮށިން ލީޝާ އަށް 11 ވޯޓު ލިބުނުއިރު އަބުދުލް ލަތީފު ގާސިމަށް ލިބުނީ 3 ވޯޓެވެ.

ކުޅުދުއްފުށީގައި ބެހެއްޓި ވޯޓު ފޮށި ގުނާފައިވަނީ ބަންދު ކުރިތާ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ އިއްޔެ ވަނީ ދެ ފަހަރެއްގެ މަތިން ޕްރައިމަރީ ކެންސަލް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355