twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުޅުދުއްފުށީ ކައުންސިލުގެ މެޖޯރިޓީ “ހަނި” ގޮތަކަށް އެމްޑީޕީއަށް ލިބިއްޖެ

Jan 26, 2014

ހދ ކުޅުދުއްފުށީގެ ރަށު ކައުންސިލުގެ މެޖޯރިޓީ “ހަނި” ގޮތަކަށް އެމްޑީޕީ އަށް ލިބިއްޖެ އެވެ.

އެމްޑީޕީގެ ކެންޑިޑޭޓު ޝައުފާއަށް ކައުންސިލް މެމްބަރުކަން ހޯދި އިރު އޭނާ އާ އެންމެ ގާތުން ވާދަ ކުރި މިނިވަން ކެންޑިޑޭޓު ފީފާ، ޝިއުނާ އާދަމަށް ލިބިފައިވަނީ 844 ވޯޓެވެ.ޝައުފާއަށް ޝިއުނާ އަށްވުރެ ގިނައިން ލިބިފައި ވަނީ އެންމެ ތިން ވޯޓެވެ.

ކުޅުދުއްފުށީގައި ބެހެއްޓުނު ވޯޓު ފޮށި ތަކުން ޝިއުނާ ކުރި ހޯދާފައިވީނަމަވެސް ކުޅުދުއްފުށިން ބޭރުގައި ބެހެއްޓުނު ފޮށިތަކުން ޝައުފާ ކުރި ހޯދި އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ 7 ގޮނޑިއަށް 19 ކެންޑިޑޭޓުން ވާދަކުރިއިރު އެމްޑީޕީ އަށް ލިބިފައިވަނީ 4 ގޮނޑި އެވެ. ޕީޕީއެމަށާއި ޖޭޕީ ކޮންމެ ޕާޓީ އަށް 1 ގޮނޑި ލިބިފައިވާ އިރު އިތުރު ގޮނޑި ލިބިފައިވަނީ މިނިވަން ކެނޑިޑޭޓަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293