twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅު ކައުންސިލުގެ މެޖޯރިޓީ ޕީޕީއެމް ކޯލިޝަނަށް

Jan 26, 2014

ހދ އަތޮޅު ކައުންސިލުގެ މެޖޯރިޓީ، ވެރިކަން ހިންގާ ޕީޕީއެމް ކޯލިޝަނަށް ލިބިއްޖެ އެވެ.

ޕީޕީއެމް ކޯލިޝަނަށް ލިބިފައިވާ 6 ގޮނޑިއަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ދެ ގޮނޑި އާއި ހަނިމާދޫ ދާއިރާގެ އަދާލަތު ގޮނޑި އާއި ނޮޅިވަރަމް ދާއިރާގެ ޕީޕީއެމް ގޮނޑީގެެ އިތުރުން ވައިކަރަދޫ ދާއިރާގެ ދެގޮނޑި އެވެ.

ދިހަ މެމްބަރުން އައްޔަން ކުރާ ހދ އަތޮޅުން އެމްޑީޕީ އަށް ލިބިފައިވަނީ 4 ގޮނޑި އެވެ. އަނެއް ހަ ގޮނޑި ކާމިޔާބު ކޮށްފައިވަނީ ކޯލިޝަން ޕާޓީ ތަކުންނެވެ.

ފަސް ދާއިރާގެ މައްޗަށް ބަހާލާފައި އޮންނަ ހދ އަތޮޅުގެ ވައިކަރަދޫ ދާއިރާ އާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ އެއްވެސް ގޮނޑިއެއް އިދިކޮޅު އެމްޑީޕީއަކަށް ލިބިފައެއް ނުވެ އެވެ. ވޭތުވެ ދިޔަ 3 އަހަރު މި ދެދާއިރާގެ 1 ގޮނޑި ފިޔަވާ ހުރިހާ ގޮނޑިއަކީ އެމްޑީޕީގެ ގޮނޑިތަކެވެ.

މިއަހަރު އެމްޑީޕީގެ ބާރު އެންމެ ގަދަކޮށް ހދ އަތޮޅުން ފެނިފައިވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާ އެވެ. އެދާއިރާގެ 2 ގޮނޑި ވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީންނެވެ.

ހދ އަތޮޅު ކައުންސިލަށް މިއަހަރު އިންތިހާބު ވެފައިވަނީ އެމްޑީޕީގެ 4 ކެންޑިޑޭޓުންނާއި އަދާލަތު ޕާޓީގެ 2 ކެންޑިޑޭޓުން އަދި ޕީޕީއެމްގެ 3 ކެންޑިޑޭޓުންގެ އިތުރުން ޖޭޕީގެ 1 ކެންޑިޑޭޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355