twitterviber whatsapp telegramfacebookyoutube instagram
22nd October 2025

ހދ އަތޮޅު ގުރުއާން މުބާރާތް މެއި މަހު ބާއްވަނީ

Jan 26, 2014

ހދ އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާމުން އަންނަ އަތޮޅު ގުރުއާން މުބާރާތް މި އަހަރުގެ މެއި މަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ބަސްދީގަތުމެއްގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ރަޝީދު ވިދާޅުވީ މި އަހަރުގެ ގުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކައި ރަށު ކައުންސިލުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށާއި މުބާރާތް ބާއްވާނީ އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށެއްގައި ކަމަށެވެ.

ހދ އަތޮޅު ގުރުއާން މުބާރާތް ބޭއްވުމަށް ކައުންސިލުން މިހާރު ހަމަޖައްސާފައިވަނީ މެއި މަހުގެ 1، 2 އަދި 3 ގައެވެ.

މިދިޔަ އަހަރު މި މުބާރާތް ބާއްވާފައިވަނީ ކުޅުދުއްފުށީގަ އެވެ. މިދިޔަ އަހަރު ހދ ފިނޭ އާއި ހިރިމަރަދޫ ފިޔަވާ އެހެން ހުރިހާ ރަށެއްގެ ސްކޫލުތަކުން ގުރުއާން މުބާރާތުގައި ބައިވެރިވެފައި ވެއެވެ.

މިދިޔަ އަހަރުގެ މުބާރާތުން އެއް ވަނަ ހޯދާފައިވަނީ މަކުނުދޫ ސްކޫލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355