twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަނބިމީހާއަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ކުރި މީހަކު ކުޅުދުއްފުށިން ހައްޔަރުކޮށްފި

Jan 27, 2014

އަނބިމީހާއަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާކުރިކަމުގެ ތުހުމަތުގައި ކުޅުދުއްފުށީ މީހަކު ހައްޔަރު ކޮށްފި އެވެ.

ކުޅުދުއްފުށީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އަނބިމީހާއަށް އަނިޔާ ކުރި މީހާ ހައްޔަރުކޮށްފައިވަނީ މި މަހު 19 ވަނަ ދުވަހު އެވެ.

މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ނަފްސާނީ ގޮތުން އަންހެނަކަށް އަނިޔާކުރި މައްސަލާގައި އެ މީހާގެ ފިރިމީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ހައްޔަރުކުރި މީހާއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އުމުރުން 47 އަހަރުގެ މި މީހާގެ ބަންދުގެ މުއްދަތަށް ކުޅުދުއްފުށީ ކޯޓުން 15 ދުވަސް ވަނީ ޖަހައިދީފައެވެ.

މި މައްސަލަ މިހާރު ދަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355