twitterviber whatsapp telegramfacebookyoutube instagram
13th May 2025

ތިލަފުށީގައި އޮތް ކޮޅުވެއްޓިއެއްގެ އިންޖީނު ގޮވައި ކުޅުދުއްފުށީ މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

Jan 27, 2014

ތިލަފުށީގައި އޮތް ކޮޅުވެއްޓިއެއްގެ އިންޖީނު ގޮވައި ކުޅުދުއްފުށީ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.

މިހާދިސާގައި ޒަހަމްވެފައިވާ ކުޅުދުއްފުށީ މީހަކީ މައްސާގުގެ، އަބުދުއް ރައްޒާގު އިބްރާހިމް (39 އަހަރު) އެވެ. އޭނާގެ އިތުރުން އިތުރު ދިވެއްސަކާއި ބިދޭސީއެއް ވަނީ މިހާދިސާގައި ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

ފުލުހުން ބުނީ ކޮޅުވެއްޓިއެއްގެ އިންޖީނު ގޮވައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ 2:50 އެހާއިރު ކަމަށާއި އެކަމެއް ހިނގާފައިވަނީ އިއްޔެ މެންދުރު ފަހު 2:00 ޖަހާއިރު ކަމަށެވެ.

މިހާދިސާގައި ޒަހަމްވި 3 މީހުންނަކީ ވެސް އެ އިންޖީނު ހެދުމަށް މަސައްކަތް ކުރި މީހުންނެވެ. އަދި އިންޖީނު ގޮވި ވަގުތު ބުރައިގެން ދިޔަ އެތި ކޮޅުތައް އެމީހުންގެ ހަށިގަނޑު ތެރެއަށް ވަނުމުގެ ސަބަބުން ސީރިއަސް ޒަހަމް ތަކެއް ތިން މީހުންނަށް ވެސް ވަނީ ލިބިފަ އެވެ.

މިހާދިސާގައި އަނިޔާވި ކުޅުދުއްފުށީ އަބްދުލް ރައްޒާގުގެ ބަނޑަށް ވަދެފައިވާ ދަގަނޑު ކޮޅުތައް ނެގުމަށްޓަކައި ރޭ އައިޖީއެމްއެޗްގައި ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. އަދި މިހާދިސާގައި ޒަހަމު އިތުރު ދެ މީހުންނަށް ވެސް އެހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ .

ކޮޅުވެއްޓީގެ އިންޖީނު ގޮވަން ދިމާވި ސަބަބެއް އަދި އެނގިފައެއް ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355