twitterviber whatsapp telegramfacebookyoutube instagram
12th August 2026

ތައިރޮއިޑުގެ ބައެއް ޓެސްޓުތައް ހެދުމުގެ ހިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުން ފަށައިފި

Jan 30, 2014

ތައިރޮއިޑުގެ ބައެއް ޓެސްޓުތައް ހެދުމުގެ ހިދުމަތް ކުޅުދުއްފުށީ ހޮސްޕިޓަލުން ފަށައިފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު ހަސަން މި ނޫހަށް މައޫލޫމާތު ދެއްވަމުން ވިދާޅުވީ ތައިރޮއިޑުގެ ބައެއް ޓެސްޓުތައް ހެދުމުގެ ހިދުމަތް މިދިޔަ ހޯމަ ދުވަހު ފަށާފައިވާ ކަމަށާއި ނަމަވެސް އަދި ތައިރޮއިޑުގެ ހުރިހާ ޓެސްޓުތަކެއް ނުހުދޭ ކަމަށެވެ.

އޭނާ ވިދާޅުވީ ތައިރޮއިޑަށް ޓެސްޓް ހެދުމުގެ ހިދުމަތް ފެށުމަށްޓަކައި މަސައްކަތް ކުރަމުން އަންނަތާ ދުވަސް ކޮޅެއް ވެއްޖެ ކަމަށާއި އަދި މުޅިން ހުރިހާ ޓެސްޓުތަކެއް ނުހެދުނު ނަމަވެސް ތައިރޮއިޑަށް ހަދަންޖެހޭ ޓެސްޓުތަކުގެ ގިނަ ޓެސްޓުތަކެއް ހެދޭނެ ކަމަށެވެ.

މުހައްމަދު ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްް ކުރަންޖެހޭ ބައެއް ކަންތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި ތައިރޮއިޑަށް ހަދަން ޖެހޭ ހުރިހާ ޓެސްޓުތަކެއް ކައިރި މުސްތަގުބަލެއްގައި އެ ހޮސްޕިޓަލުން ލިބެން ހުންނާނެ ކަމަށެވެ.

ކުޅުދުއްފުށީ ގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355