twitterviber whatsapp telegramfacebookyoutube instagram
12th August 2026

ބީއެމްއެލްއަށް މިދިޔަ އަހަރު 667 މިލިޔަން ރުފިޔާގެ ސާފު ފައިދާ ލިބިއްޖެ

Jan 31, 2014

2013 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ ސާފު ފައިދާ 667 މިލިޔަން ރުފިޔާއަށް އަރައިފި އެވެ.

ބޭންކުން އިއްޔެ އާއްމުކުރި އެކުންފުނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރގެ ހިސާބުތަކުން ދައްކާ ގޮތުން 2012 ވަނަ އަހަރާ އަޅާބަލާއިރު އެކުންފުނީގެ ސާފު ފައިދާ ވަނީ 78 އިންސައްތަ އިތުރުވެފަ އެވެ.

2013 ވަނަ އަހަރު ބީއެމްއެލް އިން ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އަދަދަށް 1.1 ބިލިޔަން ރުފިޔާގެ ކުރިއެރުމެއް ވަނީ ހޯދާފައެވެ. އަދި އުފެއްދުންތެރިނޫން ލޯނުންވަނީ 1.2 ބިލިޔަން ރުފިޔާ މަދުކޮށްފަ އެވެ.

ބޭންކަށް ޖަމާކޮށްފައިވާ ފައިސާގެ އަދަދު 2012 ވަނަ އަހަރާ އަޅާބަލާއިރު 23 އިންސައްތައިގެ ކުރިއެރުމަކާއެކު 9.5 ބިލިޔަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އަދި ޖުމްލަ އެސެޓަށް 2.6 ބިލިޔަން ރުފިޔާ އިތުރުވެ ބޭންކުގެ ޖުމްލަ އެސެޓްވަނީ 12.7 ބިލިޔަން ރުފިޔާއަށް އަރާފަ އެވެ.

މީގެ އިތުރުން އިންޓަރެސްޓް ނުލިބޭ އާމްދަނީ ވަނީ 2012 ވަނަ އަހަރާ އަޅާބަލާއިރު 61 އިންސައްތައިގެ ކުރިއެރުމަކާއެކު 549 މިލިޔަން ރުފިޔާއަށް އަރާފަ އެވެ.

މާލީ ގޮތުން ބޭންކަށް ލިބުނު ކުރިއެރުމާއެކު 2008 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މިދިޔަ ނޮވެމްބަރުމަހު ވަނީ ހިއްސާދާރުންނަށް އިންޓެރިމް ޑިވިޑެންޑް ބަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355