twitterviber whatsapp telegramfacebookyoutube instagram
13th May 2025

އަފީފުއްދީން ސްކޫލުގެ ދަރިވަރަކު އެސްކޫލުގެ ބިދޭސީ ޓީޗަރަކަށް ހަމަލާދީ މާރާމާރީ ހިންގައިފި

Jan 31, 2014

އަފީފުއްދީން ސްކޫލުގެ ދަރިވަރަކު އެސްކޫލުގައި ސެކަންޑަރީ ކްލާސްތަކަށް ކިޔަވައިދޭ އިންޑިއާ ޓީޗަރަކު މަގުމަތިން ދަނިކޮށް ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

މަންޒަރުދުއް ފަރާތަކުން މިނޫހަށް މައުލޫމާތު ދެމުން ބުނީ އަފީފުއްދީން ސްކޫލުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަށް ހަމަލާ ދިނީ ބުރާސްފަތި ދުވަހު އޭނާ ސެޝަން ނިންމާލުމަށް ފަހު އެނބުރި ގެއަށް ދިޔަ މަގުމަތިން ކަމަށެވެ.

“އަމީނީމަގުން އޭނާ (ބިދޭސީ ޓީޗަރު) ގެއަށް ދަނިކޮށް އެސްކޫލަށް ކިޔަވަންދާ 3 ކުދިންގެ ގުރޫޕަކުން އައިސް ދިމާކޮށް ދަނޑިބުރިއަކުން ޖަހާފަ ދިޔައީ. ދަމުން ގޮބޮޅި އަކުން ވެސް އެމީހާ ގައިގާ ޖަހާފަ އެސޮރުމެން ދިޔައީ.” މަންޒަރުދުއް މެދުއުމުރުގެ އަންހެނަކު ބުންޏެވެ.

އޭނާ ބުނީ އެކުދިން ބިދޭސީ ޓީޗަރަށް ހަމަލާދިން ވަގުތު އެސްކޫލުގައި މަސައްކަތް ކުރާ އިތުރު 3 ޓީޗަރުން ވެސް އެތާ ތިބި ކަމަށެވެ.

މިކަމާއި ގުޅިގެން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ އެސްކޫލުގައި މަސައްކަތް ކުރައްވާ ބިދޭސީ ޓީޗަރަކު ސެޝަން ނިންމާލުމަށް ފަހު އެނބުރި ގެ އަށް ދިޔަ މަގުމަތިން އެސްކޫލުގެ ދަރިވަރަކު ބިދޭސީ ޓީޗަރަކަށް ހަމަލާދިންކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެކަން ކުރި ކުދިންނާ ސުވާލުކޮށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

ބިދޭސީ ޓީޗަރަށް ހަމަލާދިން ވަގުތު އެތަނުގައި ތިބި އިތުރު ބިދޭސީ ޓީޗަރުންނާއި ހަވާލާދީ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވީ ޓީޗަރަށް ހަމަލާ ދިނީ 1 ދަރިވަރެއް ކަމަށާއި ދެން އެތަނުގައި އޭނާ އާއެކު ހުރި އަނެއް ދަރިވަރު އެކަން ހުއްޓުވަން މަސައްކަތް ކުރި ކަމަށެވެ. މާރާމާރީ ހިންގި ސަރަހައްދުގައި ތިބީ ދެ ކުދިންކަމަށް ޕްރިންސިޕަލް ވިދާޅުވި އެވެ.

މި މާރާމާރީގެ ސަބަބުން ބިދޭސީ ޓީޗަރަށް ސީރިއަސް އަނިޔާއެއް ވެފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355