twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހދ އަތޮޅު ކައުންސިލުގެ ރައީސަށް އެމްޑީޕީ ޕްރައިމަރީގައި ބޮޑު ނާކާމިޔާބެއް!

Feb 1, 2014

ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓު ހޯދުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ހދ އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ރަޝީދު ބޮޑު ތަފާތަކުން ބަލިވެ އެ ދާއިރާގެ ޓިކެޓު މުހައްމަދު ނާޒިމް ހޯދައިފި އެވެ.

ފްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހުސެއިން ރަޝީދަށް ވައިކަރަދޫ ދާއިރާ އިން ލިބިވަޑައިގަތީ އެންމެ 35 ވޯޓެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ކަށަވަރު ކުރި މުހައްމަދު ނާޒިމަށް 321 ވޯޓު ލިބިފައި ވެއެވެ.

ވައިކަރަދޫ ދާއިރާއިން 139 ވޯޓު ލިބިގެން ދެވަނަ އަށް ގޮސްފައިވަނީ ހަސަން ވަހީދެވެ.

އިއްޔެ ބޭއްވި ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އެ ދާއިރާގެ 504 މީހުން ވޯޓުލާފައިވެ އެވެ. ވައިކަރަދޫ ދާއިރާގައި ހިމެނެނީ ހދ ވައިކަރަދޫގެ އިތުރުން ކުރިނބީ އާއި ނެއްލައިދޫ އެވެ.

ވައިކަރަދޫ ދާއިރާގައި އެމްޑީޕީފެ ދަފްތަރުގައި ޖުމްލަ 647 މީހުން ރަޖިސްޓްރީ ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355