twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހޯމް މިނިސްޓަރ އުމަރު ނަސީރު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރައްވައިފި

Feb 5, 2014

އުތުރުގެ އަތޮޅުތަކަށް ހޯމް މިނިސްޓަރ އުމަރު ނަސީރު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތް ކުރައްވައިފި އެވެ.

އުމަރު ނަސީރުގެ މި ދަތުރުފުޅުގައި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ވަޑައިގެން އެ ސްޓޭޝަނުގެ ފުލުހުންނާ ބައްދަލުކުރައްވާފައި ވެއެވެ. އަދި ޕޮލިސް ސްޓޭޝަނުގައި ގާއިމުކޮށްފައިވާ ފޮރެންސިކް ޑިޕާޓްމަންޓާއި ޖިމްގެ އިތުރުން ސްޓޭޝަނުގައި ބޭނުންކުރާ ވެހިކަލްތަކުގެ ހާލަތު ވެސް ބައްލަވާލެއްވި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިނިސްޓަރ އުމަރު ނަސީރު މިއަދު ހެނދުނު ކުރެއްވި މި މި ޒިޔާރަތުގައި މިނިސްޓަރ ވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އަލަށް އިމާރާތް ކުރަމުން އަންނަ ޖަލުތަކުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ.

މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ މި ޒިޔާރަތުގައި ކުރީގެ ޑީސީޕީ ރިޓަޔަރޑް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޝްވާންއާއި އަޕަރ ނޯތް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަތުހުﷲ ވަހީދު އާއި ހއ. އަތޮޅު ކޮމާންޑަރ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް މުސްތަފާއާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355