twitterviber whatsapp telegramfacebookyoutube instagram
10th April 2026

ކުޅުދުއްފުށީ ރޯ ހައުސްތަކަށް އަލުން އިއުލާން ކުރުން ލަސްވަނީ މިނިސްޓްރީގެ ހުއްދަ ނުލިބިގެން: ކައުންސިލް

Feb 11, 2014

ކުޅުދުއްފުށީގައި އިމާރާތް ކުރަމުންދާ ރޯހައުސްތަކަށް އެދުމުގެ ފުރުސަތު މި އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އަލުން ހުޅުވާލެވޭނެ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވީނަމަވެސް އެކަން އިއުލާން ނުކުރެވި ވަނީ ހައުސިންގ މިނިސްޓްރީން ނިންމަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ އިމާރާތް ކުރަމުން އަންނަ 165 ރޯހައުސްއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިދިޔަ މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވެސް ކުރިން ވަނީ ބުނެފައެވެ.

މި ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލުގެ ރައީސް ވިދާޅުވީ ރޯ ހައުސް އަށް އެދުމުގެ ފުރުސަތު އިއުލާން ނުކުރެވި ލަސްވަމުން ދަނީ ހައުސިން މިނިސްޓްރީގެ ހުއްދަ ނުލިބިގެން ކަމަށެވެ.

“އެބޭފުޅުން (ހައުސިންގ މިނިސްޓްރީ) ވިދާޅުވަނީ ފޯމުތައް ހުރީ ނިމިފަ ކަމަށް. ރެޑީ ވީހާ އަވަހަކަށް މިކޮޅަށް (ކުޅުދުއްފުށީ ކައުންސިލަށް) އަންގާނެ ކަމަށް” ކައުންސިލުގެ ރައީސް ހަސަން އަލީ ވިދާޅުވި އެވެ.

2010 ވަނަ އަހަރު ކުޅުދުއްފުށީ ގައި އިމާރާތް ކުރަން ފެށި ރޯހައުސް ތަކަށް ކުރިމަތިލުމަށް މީގެ ދެ އަހަރު ކުރިން ހުށަހެޅި ފޯމުތައް ހައުންސިން މިނިސްޓްރީގެ އެންގުމަށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ވަނީ ކައުންސިލުން ބާތިލު ކޮށްފަ އެވެ.

ކުޅުދުއްފުށީގައި ގޯއްޗަށް ބޭނުން ވެފައިވާ ގިނަ އަދަދެއް މީހުން އެބަތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355