twitterviber whatsapp telegramfacebookyoutube instagram
22nd October 2025

ކަސްޓަމްސްގެ ނޯތު ރީޖަންގެ ހެޑް އޮފީސް ކުޅުދުއްފުށީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި

Feb 10, 2014

ކަސްޓަމްސްގެ ނޯތު ރީޖަންގެ ހެޑް އޮފީސް ކުޅުދުއްފުށީގައި އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅު ހަނިމާދޫގައި ކަސްޓަމްސްގެ އޮފީހެއް އިމާރާތް ކުރުމަށް ވެސް ވަނީ ބިޑް ހުޅުވާލާފަ އެވެ.

ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިމާރާތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 100000ރ. ހުށަހަޅަން ޖެހޭއިރު ހަނިމާދޫގައި އަޅަން ނިންމާފައިވާ އިމާރާތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 60000ރ. ބަހައްޓަން ޖެހެ އެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 10 ފެބްރުއަރީ 2014 އިން 23 ފެބްރުއަރީ 2014 އަށް، ކަމަށާއި ބީލަން ފޮތެއްގެ އަގަކީ 500ރ. ކަމަށް ފިނޭންސުން ބުނެއެވެ.

އެ އިއުލާނުގައިވާ ގޮތުގެ މަތިން ޕްރޮޖެކްޓްތަކުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355