twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހަނިމާދޫގެ އަންހެނުންތަކެއް ނުކުމެ އެރަށު ކޯޓު ހުޅުވިޔަނުދީ ހުރަސްއަޅައިފި

Feb 12, 2014

ހދ ހަނިމާދޫގެ އަންހެނުންތަކެއް ނުކުމެ މިއަދު އެރަށު ކޯޓު ހުޅުވިޔަނުދީ ހުރަސްއަޅައިފި އެވެ.

މިނޫހަށް މައުލޫމާތު ދިން ހަނިމާދޫ ރައްޔިތަކު ބުނީ ކޯޓު ހުޅުވިޔަ ނުދީ ހިފަހައްޓާފައިވަނީ އެއްވެސް ކަމެއް ނުކޮށް ހަމައެކަނި ނަމެއްގައި އިމާރާތެއް ހުންނަން ބޭނުން ނުވާތީ ކަމަށް ބުނެފަ އެވެ. އަދި ކޯޓަށް ހުށަހެޅޭ މައްސަލަތައް ނުބެލޭ ކަމަށާއި ރައްޔިތުންނަށް ކޯޓަކުން ފޯރު ކޮށްދޭން ޖެހޭ އެއްވެސް ހިދުމަތެއް އެތަނުން ލިބެން ނުހުންނާތީ ކަމަށެވެ.

“އަޅުގަނޑުމެން މީހަކާ އިންނަން ޖެހުނަސް މިޖެހެނީ ކުޅުދުއްފުށި ނޫނީ ނޮޅިވަރަންފަރުން 1500 ރުފިޔާ ހަރަދު ކޮށްފަ ގާޒީއެއް ގެންނަން. އެގޮތެއް އަޅުގަނޑުމެން ބޭނުންމެ ނުވޭ.” އޭނާ ބުންޏެވެ.

ހަނިމާދޫ ކޯޓު މިއަދު ހުޅުވިޔަ ނުދީ ހިފަހައްޓާފައި ވަނީ 15 ވަރަކަށް އަންހެނުން ވެގެން ނެވެ. ހަނިމާދޫ ކޯޓާ ހަވާލުވެހުންނެވި ހދ ނޮޅިވަރަންފަރު މެޖިސްޓްރޭޓް އިބުރާހިމް ޝާހިދުގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355