twitterviber whatsapp telegramfacebookyoutube instagram
12th August 2026

އިހަވަންދޫ މީހެއް ވިހެއުމުގެ އޮޕަރޭޝަނަށްފަހު ނިޔާވެއްޖެ

Feb 13, 2014

ވިހެއުމުގެ އޮޕަރޭޝަނަކަށްފަހު ހއ. އިހަވަންދޫ އަންހެނެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ނިޔާވެއްޖެ އެވެ.

މިއަދު ރޭމެންދަމު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނަށް ފަހު ނިޔާވެފައި ވަނީ ހއ. އިހަވަންދޫ އަލިނޫރު، ހަލީމަތު ނާސިރާ، 42 އެވެ.

ހަލީމަތުގެ އާއިލާއިން މައުލޫމާތު ދިންގޮތުގައި އޭނާ މަރުވެފައިވަނީ ވިހެއުމަށްފަހު ލޭމަނާނުވެގެންނެވެ. ނަމަވެސް އޭނާ ވިހޭ ފިރިހެން ދަރިފުޅު ހާލު ރަނގަޅެވެ.

އާއިލާއިން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުދުއްފުއްޓަށް އައި ހަލީމަތު ވިހެއުމުގެ އޮފަރޭޝަން ކުރުމަށް ވައްދާފައިވަނީ ރޭ މެންދަމު 1:30 ގައެވެ. އަދި ހެނދުނު 8 ޖަހާކަށްހާއިރު އޭނާ އައި.ސީ.ޔޫ އަށް ބަދަލުކުރެވުނެވެ. އަދި ހަލީމަތު ނިޔާވެފައިވަނީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ.

މިކަމާ ގުޅިގެން ހޮސްޕިޓަލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355