twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުރީގެ ބޮޑުކަތީބު ފަރުހޫދުގެ ކެމްޕެއިން ލޯންޗު ކޮށްފި

Feb 14, 2014

ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރާ ކުޅުދުއްފުށީގެ ކުރީގެ ބޮޑުކަތީބު އިބްރާހިމް ފަރުހޫދުގެ ކެމްޕެއިން ލޯންޗުކޮށްފި އެވެ.

އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާ ފަރުހޫދުގެ ކެމްޕެއިން މިއަދު ހަވީރު ލޯންޗުކޮށްފައި ވަނީ އާއިލާގެ މެންބަރުންނާއެކު އެވެ. “މިއީ އެއްބައެއް” މިޝިއާރުގެ ދަށު މިއަދު ބޭއްވި ހަފްލާގައި ފަރުހޫދުގެ އާއިލާގެ ގިނަ މެމްބަރުން ވަނީ ބައިވެރިވެފަ އެވެ.

ފަރުހޫދަކީ މިހާރު ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑްގެ މެނޭޖަރެވެ. ކުޅުދުއްފުށީ ބޮޑުކަތީބުކަމުގެ އިތުރުން ރައީސް މައުމޫނުގެ ވެރިކަމުގައި ފަރުހޫދު ވަނީ އެކި މަގާމުތައް އަދާކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީގެ އުތުރު ދާއިރާގެ ގޮނޑިއަށް ފަރުހޫދުގެ އިތުރުން ވާދަކުރަނީ މިހާރު އެގޮނޑި ފުރުއްވާ އަބްދުލް ޣަފޫރު މޫސާ އާއި، އަހުމަދު އަބްދުﷲ (ރޯޒޭ) އާއި އަތޮޅު ކައުންސިލް މެންބަރު ނަސްރުﷲ އިސްމާއިލް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355