twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކުރިނބީގެ އޮންލައިން ނޫސް “ކުރިނބީ ލައިވް” ހެކް ކޮށްފި

Feb 13, 2014

ހދ. ކުރިނބީގެ ފުރަތަމަ ނެރުނު އޮންލައިން ނޫސް ކުރިނބީ ލައިވް މިއަދު ހެކް ކޮށްފި އެވެ.

ކުރިނބީ ލައިވްގެ ފަރާތަކުން މިނޫހަށް މައުލޫމާތު ދެމުން ބުނީ މީގެ 1 މަސް ކުރިންސުރެ ވެބް ސައިޓަށް ހެކަރުންގެ ހަމަލާތައް އަންނަމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް އެއްކޮށް ސާވާ ޑައުންވެފައިވަނީ މިއަދު މެންދުރުގެ ވަގުތެއް ގައި ކަމަށެވެ.

“ފާހަގަ ކުރެވިފައިވަނީ މީގެ މަހެއްހާ ދުވަސް ކުރިން ހެކަރުންގެ އެޓޭކްތައް އަންނަކަން.” ކުރިނބީ ލައިވް އުފެއްދުމުގައި މަސައްކަތް ކުރި އަހުމަދު އާދަމް ބުންޏެވެ.

އޭނާ ބުނީ މިހާރުވެސް ކުރިނބީ ލައިވްގެ ޓެކްނިކަލް ޓީމުން ސައިޓް ރަގަޅު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.އަދި ދެދުވަހުގެ ތެރޭގައި ވެބްސައިޓުގެ ބެކަޕް ލިބޭވަރު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

ކުރިނބީ ލައިވްއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ ނޫހެކެވެ. ކުރިނބީއަކީ އާބާދީ ކުޑަ ނަމަވެސް ސިޔާސީ ވާދަވެރިކަން ބޮޑު ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355