twitterviber whatsapp telegramfacebookyoutube instagram
1st June 2026

ވިލާ ކޮލެޖުގައި މެރިން ސައިންސްގެ ކޯސްތަކެއް: ޒުވާނުންނަށް އޮތް ރަނުގެ ފުރުސަތުތަކެއް

Feb 16, 2014

ވިލާ ކޮލެޖުގެ ފަރާތުން ކޮންމެ އަހަރަކު ހިންގާ މެރިން ސައިންސްގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދޭ ގޮތުގައި މި ކޯސްތަކަކީ ސެކަންޑަރީ ސްކޫލް ތައުލީމު ނިންމާފައިވާ ކުދިންނަށާއި މަސްވެރިކަމާއި ފަތުރުވެރިކަންފަދަ ފަދަ ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ކުރެވިފައިވާ ކޯސްތަކެކެވެ. މި ކޯސްތަކުގައި އެޑްވާންސް ސެޓުފިކެޓް ހެދުމަށްފަހު މެރިން ސައިންސާއި އެންވަޔަރމެންޓަލް ކޮންޒަވޭޝަން ސްޓަޑީސްގެ ޑިގްރީ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މަސައްކަތުގެ ދާއިރާއަށް ނިކުތުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މިކޯސްތަކުގައި މެރައިން ސައިންސްގެ ދާއިރާގެ ފަންނީ މައުލޫމާތާއި ބަހާއި ހިސާބުގެ ކުލާސްތަކެއްގެ އިތުރުން ކަމުގެ މާހިރުންގެ ފަރާތުން ފީނުމާއި މޫދު ކުޅިވަރުތަކާއި ދަސްކޮށްދޭ ކުލާސްތަކެއް އޮންނާނެ އެވެ.

މި ކޯސްތަކަކީ ކުޅުދުއްފުށީގެ ޒުވާނުންގެ މެދުގައި މީގެ ކުރިން މަގުބޫލުކަން ހޯދާފައިވާ ކޯސްތަކެކެވެ. ކުޅުދުއްފުށީގެ ދަރިވަރަކު ވަނީ މީގެ ކުރިން މިކޯހުން އެއްވަނަ ވެސް ހޯދާފައެވެ.

ވިލާ ކޮލެޖަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ޕްރައިވެޓް ކޮލެޖެވެ. 20 ދަރިވަރުންނާއެކު ހުޅުވުނު މި ކޮލެޖުގައި މިހާރު އެއްހާހަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355