twitterviber whatsapp telegramfacebookyoutube instagram
7th July 2025

ހަނިމާދޫގައި ކުރިއަށް ދިޔަ މަލްޓިމީޑިއާ ވޯކްޝޮޕް ނިމިއްޖެ

Feb 16, 2014

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދިޔަ މަލްޓިމީޑިއާ ވޯކްޝޮޕް ނިމިއްޖެ އެވެ.

މި މަހުގެ 12 އިން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕުގައި 25 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން މައުލޫމާތު ދެއެވެ. އެގޮތުން އެ ޖަމިއްޔާއިން ހިންގަމުން އަންނަ ހަނިމާދޫ ސާދާ ޕްރީސްކޫލުގެ ޓީޗަރުންނާއި ޒުވާނުންގެ ޖަމިއްޔާގެ މެމްބަރުން މި ވޯކްޝޮޕުގައި ބައިވެރިވެފައި ވެއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ މިއީ ވަރަށް ކުއްލި ގޮތަކަށް ރޭވުނު ކަމެއް ކަމަށާއި މަލްޓި މީޑިއާގެ އިތުރު ވޯކްޝޮޕެއް ކުރިއަށް އޮތްތަނުގައި އިންތިޒާމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން މި ވޯކްޝޮޕަށް އެމްއެންޑީއެފްއިން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެމްއެންޑީއެފްގެ އިސްވެރިންނަށް ޝުކުރު އަދާކޮށްފައި ވެއެވެ.

މިވޯކްޝޮޕްގައި ކިޔަވައިދީފައިވަނީ ބޭސިކް މަލްޓިމީޑިއާގެ އިތުރުން ރިޕޯޓަކަށް އަޑު އަޅާނެ ގޮތްތަކެވެ. މިޕްރޮގްރާމުގައި ކިޔަވައިދެއްވީ ތްރީޑީ އެނިމޭޝަން އިން އޮޓޯޑެސްކް މާޔާ އަދި ގްރެފިކްސް ޑިޒައިނިންގއާއި ސްޕެޝަލް އިފެކްޓްސް އިން މަތީ ތަޢުލީމު ހާސިލުކުރައްވާފައިވާ، އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރ 1 މުހައްމަދު ޔާމީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355