twitterviber whatsapp telegramfacebookyoutube instagram
1st June 2026

އެއްލައްކަ ރުފިޔާގެ އިނާމަކާއެކު އުރީދޫއިން ކޭޝް ކުއިޒެއް ފަށައިފި

Feb 18, 2014

އުރީދޫއިން އެއްލައްކަ ރުފިޔާގެ އިނާމަކާއެކު އެސްއެމްއެސް ކޭޝް ކުއިޒެއް ފަށައިފި އެވެ.

ފެބްރުއަރީ 16 އިން ފެށިގެން އެއްމަސް ދުވަހަށް ކުރިއަށް ގެންދާ މި ކޭޝް ކުއިޒްގައި 1 މިނެޓު ތެރޭގައި ސުވާލަށް ރަނގަޅު ޖަވާބު ފޮނުވައިގެން 100 ސުވާލަށް ޖަވާބު ދޭ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާގެ އިނާމު ލިބިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން މައުލޫމާތު ދެއެވެ. ދެވަނަ އަދި ތިންވަނަ ހޯއްދަވާ ފަރާތްތަކަށް އައިޕެޑް އެއަރ އެއްވެސް ލިބިގެންދާނެ ކަމަށް އެފަރާތުން ހާމަކުރައްވަ އެވެ.

މި ކުއިޒްގައި ބައިވެރިވުމަށް ‘GO’ ޖައްސަވާފައި 555 އަށް މެސެޖެއް ފޮނުވުމުން ބައިވެރިވެވެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް ‘HELP’ ޖައްސަވާފައި 555 އަށް ފޮނުވުމުން މައުލޫމާތު ލިބޭނެ އެވެ. އަދި އުރީދޫގެ ވެބްސައިޓުން ވެސް އިތުރު މައުލޫމާތު ލިބިގެންދާނެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ އުފެއްދި 4ޖީ ނެޓުވޯކު އޭޕްރިލް 2013ގައި ލޯންޗް ކޮށްފައިވަނީ އުރީދޫއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355