ފުރަތަމަ ފަހަރަށް އިންސާނެއްގެ ފުއްޕާމޭ ޓެކްސަސްގެ ޔުނިވާސިޓީއެއްގައި ހަދައިފި އެވެ.
ޓެކްސަސްގެ ސައިންޓިސްޓުންތަކެއް މިއީޖާދު ކުރުމަށްޓަކައި ކާރު އެކްސިޑެންޓެއްގައި މަރުވި 2 ކުއްޖެއްގެ ފުއްޕާމޭގެ ސަލާމަތުން ހުރި ޓިޝޫތަކެއް ލެބްގެ ހާއްސަކޮށްފައިވާ އެންވަޔަރމެންޓެއްގައި ބޭނުންކޮށް، އިތުރު ފުއްޕާމެއެއްގެ ބައިތައް އެޔަށް އިތުރުކޮށްގެން ކުރި މަސައްކަތުގެ ސަބަބުން ދުނިޔޭގެ ފުރަތަމަ މަސްނޫއީ ފުއްޕާމޭ އުފެއްދުނެވެ. މި ކަމަށް 4 ހަފްތާ ހޭދަވެގެން ދިޔައެވެ.
ނަމަވެސް މި ފުއްޕާމޭ އިންސާނަކަށް ކާމިޔާބު ކަމާއެކީ ލެއްވުމަށް އަދި 12 ވަރަކަށް އަހަރު ނަގާނެ ކަމަށް އެފުއްޕާމޭ ހަދަން މަސައްކަތްކުރި ރިސާޗަރެއް ސީއެންއެންއަށް މައުލޫމާތު ދެއްވި އެވެ. މިމަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލެވިއްޖެނަމަ ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށް އެ ސެންޓަރުގައި އެދިގެން އިންތިޒާރު ކުރަމުންދާ 1600 އަށް ވުރެ ގިނަ މީހުންނަށް އުންމީދުގެ އަލިކަމެއް ފެންނާނެ އެވެ.
ޕިޓްސްބާރގް ޔުނިވާސިޓީ ފޯ މެކްގޮވާން އިންސްޓިޓިއުޓް އޮފް ރީޖެނެރޭޓިވް މެޑިސިންގެ ޑެޕިއުޓީ ޑައިރެކްޓަރ ޑރ. ސްޓެފަން ބަޑީލަކް ވިދާޅުވަނީ ގުނަވަންތައް ލެބުގައި ހެދުމަކީ އޯގަން ޑޯނާއެއް ހޯދުމުގެ ދަތިކަމަށް އޮތް ހައްލެކެވެ. ނިކޮލަސް ވިދާޅުވިގޮތުގައި ލެބްގައި ހަދާފައިވާ ފުއްޕާމޭ އިންސާނަކަށް ލެއްވުމުގެ ކުރިން އޫރުގައި ފުއްޕާމޭ ލައްވާ އެކްސްޕެރިމެންޓްތަކެއް ހިންގޭނެ އެވެ.
ފުއްޕާމެއަކީ ލެބްތަކުގައި ހަދާ އިންސާނުންގެ ގުނަވަންތަކުގެ ތެރެއިން އެއްގުނަވަނެވެ. އޯގަން ޓްރާންސްޕްލާންޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން އިންސާނުންގެ ގުނަވަންތައް ހަށިގަނޑުން ބޭރުގައި މަރުނުވެ ގިނަ ދުވަހަށް ބެހެއްޓެއެވެ. — ސީއެންއެން —