twitterviber whatsapp telegramfacebookyoutube instagram
10th April 2026

ބީއެމްއެލްއިން ކުރާ ދައުވާއަކާ ގުޅިގެން ކުމުންދޫ މީހަކު ފުލުހުން ހޯދަނީ

Feb 19, 2014

ބޭންކް އޮފް މޯލްޑިވްސް އިން ކުރާ ދައުވާއަކާ ގުޅިގެން ކުމުންދޫ މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ކުރާ ދައުވާއަކަށް ފުލުހުން ހޯދަމުންދަނީ ހދ. ކުމުންދޫ ރީގަލް، މުޙައްމަދު މޫސާ އެވެ.

އޭނާ ހޯދުމަށް އިއުލާނުކުރެވިފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިން ދަޢުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކަށް ހާޒިރުކުރުމަށް ފޮނުވާ ކޯޓު އަމުރު ރައްދު ކުރެވިފައި ނުވާ މީހަކަށް ވާތީ ކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ސިވިލްް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ކޮށްފައި ވުމާ ގުޅިގެން އޭނާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އުޅޭ ވަކި ތަނެއް ނޭނގި ހޯދައި ނުފެނިފައިވާތީ އެވެ.

މީނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ގުޅުއްވައި އަންގަވައި ދެއްވުމަކީ ޕޮލިހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެފަރާތުން ހާމަ ކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355