twitterviber whatsapp telegramfacebookyoutube instagram
27th September 2026

ނޮޅިވަރަންފަރުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ފުލުހުންގެ އިދާރާއެއް ހުޅުވައިފި

Feb 20, 2014

ހދ ނޮޅިވަރަންފަރުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އެ ރަށުގައި ފުލުހުންގެ އިދާރާއެއް ހުޅުވައިފި އެވެ.

ނޮޅިވަރަންފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޮޅިވަރަންފަރު ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރ އުމަރު ނަސީރެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އުމަރު ނަސީރު ދެއްކެވި ވާހަކަފުޅުގައި ހުރިހާ ފުލުހުން ވެސް ރައްޔިތުންނާ ގުޅިގެން ކުށް މަދު އަމާން މުޖުތަމައެއް ދެމެހެއްޓުމަށް ގޮވާލެއްވި އެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ ވިދާޅުވީ މިއަދު ފުލުހުންގެ ހިދުމަތް ރާއްޖޭގައި ފުޅާކުރެވެމުން ދަނީ ވަރަށް ގިނަ ގޮންޖެހުންތަކަކާ އެކު ކަމަށާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެއްވެސް ފުލުހަކު ފަހަތަށް ޖެހިގެން ނުވާނެ ކަމަށެވެ.

އަދި ރަށުގެ އަމާން އޮމާން މާހައުލެއް ގާއިމުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށާއި ޤާނޫނު ތަންފީޒުކުރުމުގައި ހަމަހަމަކަމާއެކު ހިދުމަތް ދިނުމުގައި ދެމިތިބުމަށް ގޮވާލެއްވި އެވެ.

ނޮޅިވަރަންފަރު ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލު މެމްބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ.

ނޮޅިވަރަންފަރަކީ ސަރުކާރުގެ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ހދ އަތޮޅުގެ 3 ރަށަކުން މީހުން ބަދަލުކޮށްފައިވާ ރަށެކެވެ. ފަހަކަށް އައިސް ވައްކަމާއި މާރާމާރީގެ މައްސަލަތައް އެ ރަށުގައި އަންނަނީ ގިނަވަމުން ނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293