twitterviber whatsapp telegramfacebookyoutube instagram
12th August 2026

ހަނިމާދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނައިބު ރައީސް އިފްތިތާހު ކޮށްދެއްވައިފި

Feb 21, 2014

ހދ. ހަނިމާދޫ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ރައީސުލްޖުމުހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

ހަނިމާދޫގައި ގާއިމުކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް އިއްޔެ ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރެއްވުމަކީ ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށާއި މިއަހަރު ތެރޭގައިވެސް 20 މަޝްރޫއެއް ފެށިގެންދާނެ ކަމަށެވެ.

މި މަޝްރޫއަކީ އަމިއްލަ ފަރާތްތަކުގެ ހިއްސާއާއެކު ޕްރައިވެޓް ވިލާ އިމާރާތް ކުރުމުގެ މޮޑެލްގެ ދަށުން ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫއެކެވެ

ނޫމަޑި ރިސޯރޓްސް އެންޑް ރެސިޑެންސް ކުންފުންޏާއި މިދިޔަ އަހަރުގެ މެއި މަހު ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން ހދ ހަނިމާދޫގައި ފާހާނާ ހޮޅި އެޅުމާއި، ސްވަރޭޖް ޕަމްޕް ސްޓޭޝަންތައް ބެހެއްޓުމާއި، ސީއައުޓްފޯލް ސިސްޓަމެއް ގާއިމު ކުރެވޭނެއެވެ.

މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓަރު ތާރިގު އިބްރާހިމާއި ހދ.އަތޮޅު ކައުންސިލުގެ ރައީސް ހުސައިން ރަޝީދާއި އަތޮޅު ކައުންސިލުގެ ހަނިމާދޫ ދާއިރާގެ މެމްބަރުންނާއި ރަށު ކައުންސިލާއި އަތޮޅު ކައުންސިލުގެ މެމްބަރުންގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355