ލޯފަން މީހުންނަށް ކިޔޭނެހެން ލިޔުންތައް ޕްރިންޓްކުރެވޭ ބްރެއިލް ޕްރިންޓަރެއް 12 އަހަރުގެ ކުއްޖަކު އުފައްދައިފި އެވެ.
ބްރެއިލް އަކީ ލޯފަން މީހުން ކިޔުމަށް ބޭނުންކުރާ ލިޔުންތަކަށް ކިޔާނަމެވެ. އެފަދަ ލިޔުންތައް ހުންނަނީ އިނގިލި ޖެއްސުމުން އެނގޭނެ ގޮތަށް އެކި ޕެޓާންތަކަށް އުފުލިފައި ހުންނަ ތިކިތަކެއް ހިމެނޭ ގޮތަށެވެ.
ކެލިފޯނިއާގެ ސްކޫލެއްގެ ގްރޭޑް 7 ގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރެއް ކަމަށްވާ ސުބަމް ބޭނަޖީ އުފެއްދި ބްރެއިލް ޕްރިންޓަރު ތައްޔާރު ކުރީ ކުޑަކުދިން ކުޅެން ގެންގުޅޭ ރާވާސެޓް ނުވަތަ ލެގޯ ކޮންސްޓްރަކްޝަން ސެޓެއް ބޭނުންކޮށްގެން ކޮށްގެންނެވެ. އަދި ކޮމްޕިއުޓަރ ޗިޕެއް ލައްވާ ވަނީ ޕްރޮގަރާމް ކޮށްފަ އެވެ.
ލެގޯ މައިންޑްސްޓްރީމް އީވީ 3 ގެ ސެޓެއްގައި ހުންނަ ރާވާ އެއްޗެއްސަށް 5 ޑޮލަރުގެ އިތުރު ތަކެތި އެއްކޮށްގެން ހަދާފައިވާ މި ޕްރިންޓަރަކީ ބްރެއިލް އިން އިނގިރޭސީގެ ހުރިހާ އަކުރުތައް ލިޔެވޭ މެޝިނެކެވެ. 350 ޑޮލަރުގެ މި ޕްރިންޓަރަކީ ދުނިޔޭގެ އެތައް މިތަނުގައި ލިބެންހުރި ބްރައިލް ޕްރިންޓަރުތަކަށް ވުރެ ވަރަށް ބޮޑުތަން ހެޔޮ އަގެއްގައި ހެދިފައިވާ ޕްރިންޓަރެކެވެ.
ބޭނަޖީއަށް މި ޕްރިންޓަރުގެ ޑިޒައިން ވަރަށް ބޮޑު އަގެއްގައި ވިއްކާލެވެން އޮތްކަމުގައި ވިޔަސް އޭނާ ވަނީ އިންޓަނެޓް މެދުވެރިކޮށް މި ޕްރިންޓަރު ހަދާނެ ގޮތާއި ސޮފްޓުވެއަރ އާންމު ކޮށްފަ އެވެ.
އެންމެ 7 ސިކުންތުގެ ތެރޭގައި ކޮންމެ އަކުރެއް ޕްރިންޓު ކުރެވޭ މި ޕްރިންޓަރަށް އެކަކުން ދިހައެއްގެ ނަންބަރުތައް ޕްރޮގުރާމް ކުރުމަށް ވިސްނާ ކަމަށްވެސް ބޭނަޖީ ސީއެންއެންއަށް ދިން އިންޓަވިއެއްގައި ބުނެ އެވެ. ބްރެއިގޯ ނަމަކަށް ކިޔާ މި ޕްރިންޓަރަކީ ހެޔޮ އަގެއްގައި ހަދާލެވޭ އުފެއްދުމަކަށް ވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ..
މުޅި ދުނިޔޭގައިވާ 285 މިލިއަން ލޯފަން މީހުންގެ 90 އިންސައްތައަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގައި އުޅޭ މީހުން ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ. ލޯފަން އެތައް މިލިޔަން މީހުންނަކަށް ބޭނަޖީގެ މި އުފެއްދުމުގެ ސަބަބުން އަގު ހެޔޮ ވަސީލަތެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ. — ސީއެންއެން —