twitterviber whatsapp telegramfacebookyoutube instagram
12th August 2026

ފުލުހުންނަށް އަމާޒުކޮށްގެން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުޅުދުއްފުށީގައި ބާއްވައިފި

Feb 24, 2014

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މި ސެޝަންގައި މައުލޫމާތު ދެވިފައިވަނީ އަލަށް އެކުލަވާލާފައިވާ ކުނި މެނޭޖުކުރުމުގެ ގަވާއިދާ ބެހޭގޮތުންނެވެ. އެގޮތުން އެގަވާއިދުގެ ދަށުން ކުރެވޭ ޖޫރިމަނާތަކާއި އެ ގަވާއިދަށް އަމަލުކުރަން ފަށަން ޖެހޭނެ ތާރީހާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގާނޫނާ ގަވާއިދުތަކަށް އަހުލުވެރިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ބޭއްވި މި ސެޝަންގައި މައުލޫމާތު ދީފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރމެންޓް އެންޑް އެނާރޖީގެ އެންވަޔަރމެންޓް އެނަލިސްޓް އަޙްމަދު އަންވަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355