twitterviber whatsapp telegramfacebookyoutube instagram
1st June 2026

“ނަންބަރ ޕްލެކްސިބިލިޓީ” ޚިދުމަތް ދިރާގުން ތައާރަފްކޮށްފި

Feb 26, 2014

ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ހިދުމަތްދޭ ކުންފުނި ކަމަށްވާ ދިރާގުން ‘ނަންބަރ ފްލެކްސިބިލިޓީ’ ހިދުމަތް ތައާރަފް ކޮށްފި އެވެ.

ނަންބަރ ފްލެކްސިބިލިޓީގެ ހިދުމަތަކީ ފޯނު ނަންބަރު ބަދަލު ކުރެއްވުމަކާ ނުލައި ދިރާގު ޕްރިޕެއިޑް އިން ޕޯސްޓްޕެއިޑް އަކަށް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް އިން ޕްރިޕެއިޑް އަކަށް ބަދަލު ކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔުމެވެ.

ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިފަދަ ހިދުމަތެއް ތައާރަފްކުރީ މި ދަނޑިވަޅަކީ ސްމާރޓް ޕޯސްޓްޕެއިޑް ޕްލޭންތަކަށް ގިނަ ޕްރިޕެއިޑް ކަސްޓަމަރުންގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ދުވަސްވަރަކަށް ވާތީއެވެ. އަދި ގިނަ ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ޕްރިޕެއިޑް ނަންބަރަށް ބަދަލެއް ނުގެނެސް ޕޯސްޓްޕެއިޑް ޕްލޭނަކަށް ބަދަލުކުރެއްވުމަށް އެދެމުން ދާކަމަށް މިރުޝާން ވިދާޅުވި އެވެ.

ދިރާގު ކަސްޓަމަރ ޕްރަންޓް އޮފީހަށް ގޮސް ނަމްބަރަށް ބަދަލެއް ގެނައުމަކާއި ނުލައި ޕޯސްޓްޕެއިޑް ޕްލޭނަކަށް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެހިދުމަތް ލިބެން ހުންނާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

350،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް ދިރާގުން މިހާރު ހިދުމަތް ދެމުން ގެންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355