twitterviber whatsapp telegramfacebookyoutube instagram
28th September 2026

ކުޅުދުއްފުށީ ކައުންސިލާއި ހދ އަތޮޅު ކައުންސިލަށް އަލަށް އިންތިހާބުކުރި ކައުންސިލަރުން މަގާމުގެ ހުވާކުރައްވައިފި

Feb 26, 2014

ލޯކަލް ކައުންސިލު އިންތިހާބުގައި ހދ އަތޮޅު ކައުންސިލަށް އިންތިހާބުކުރި 10 ކައުންސިލަރުންނާއި ކުޅުދުއްފުށީ ކައުންސިލަށް އިންތިހާބު ކުރި 7 ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލް އަދި ކުޅުދުއްފުށި ރަށު ކައުންސިލަށް އިންތިހާބުވި ކައުންސިލަރުންނަން ހުވާ ލައިދެއްވީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލީ އާދަމެވެ.

ކައުންސިލަރުން ހުވާކުރުމަށް ބޭއްވި މި ދަރުބަރުގައި ކައުންސިލަރުން ހުވާ ކުރެއްވުމަށް ފަހު ހުވާގެ އިޤުރާރުގައި ސޮއި ކުރައްވާފައި ވެއެވެ.

މި ދަރުބާރުގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ކުޅުދުއްފުށި ކައުންސިލުގެ ކުރީގެ މެމްބަރުންނާއި ހދ.އަތޮޅު ކައުންސިލުގެ ކުރީގެ މެމްބަރުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިންވެސް ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293