twitterviber whatsapp telegramfacebookyoutube instagram
10th April 2026

އަތޮޅު ކައުންސިލުގެ ރައީސް ކަމަށް ނާސިރު، ނައިބު ރައީސް ކަމަށް އާތިފް

Feb 26, 2014

ހދ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމަށް ހަނިމަދޫ ދާއިރާ ކައުންސިލަރު އާދަމް ނާސިރު އަދި ނައިބު ރައީސްގެ މަގާމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު އާތިފް އެ ކައުންސިލުން އިންތިހާބު ކޮށްފި އެވެ.

ކައުންސިލްތަކުގެ އައު ދައުރަކަށް މިއަދު ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ހދ އަތޮޅު ކައުންސިލުގެ ފުރަތަމަ ބައްދަލުވުމުގައި، ރައީސް ކަމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހަޅާފައިވަނީ އާތިފް އާއި ނާސިރެވެ.

ހދ އަތޮޅު ކައުންސިލުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް މިއަދު ނެގި ވޯޓުގައި ރައީސަކަށް އިންތިހާބު ވެވަޑައިގެންނެވި ނާސިރަށް ލިބިވަޑައިގަތީ 6 ވޯޓެވެ. އެ މަގާމަށް ވާދަކުރެއްވި އާތިފް އަށް ލިބިވަޑައިގަތީ 3 ވޯޓެވެ.

ނައިބު ރައީސެއް އިންތިހާބުކުރުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ވެސް ޝައުގުވެރިކަން ފާޅު ކުރީ ދެ ބޭފުޅުންނެވެ. އެއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލަރު އުއްމުކުލްސޫމް އިބްރާހީމާއި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު އާތިފެވެ. ފުރަތަމަ ނެގި ވޯޓު އެއްވަރު ވުމުން ރިޔާސަތުން އެ ވޯޓު ބާތިލުކޮށް އަލުން ފުރުސަތު ހުޅުވާލުމުން ވެސް ނައިބު ރައީސްގެ މަގާމަށް ކުރިމަތި ލެއްވީ ހަމަ އެ ދެ ބޭފުޅުންނެވެ.

ދެވަނަ ފަހަރަށް ވޯޓަށް އެހުމުން އާތިފަށް ލިބިވަޑައިގަތީ 5 ވޯޓެވެ. އުއްމުކުލްސޫމަށް ލިބިވަޑައިގަތީ 4 ވޯޓެވެ.

ހދ އަތޮޅު ކައުންސިލުގެ ރައީސަކަށް އެ ކައުންސިލުން މިއަދު އިންތިހާބުކުރި ނާސިރަކީ އަދާލަތު ޕާޓީގެ މެމްބަރެކެވެ. ނައިބު ރައީސް އާތިފަކީ އެމްޑީޕީގެ މެމްބަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355