twitterviber whatsapp telegramfacebookyoutube instagram
13th May 2025

މެމްބަރު މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ހާއްސަ ހަރަކާތްތަކެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި

Feb 28, 2014

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަދި ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހަމަ އެ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ހާއްސަ ހަރަކާތްތަކެއް ކުޅުދުއްފުށީގައި ކުރިއަށް ގެންގޮސްފި އެވެ.

މެމްބަރު ނަޝީދަށް ތާއިދު ކުރާ ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދައްސޫރަ ބޮޑުބެރުގެ ހަރަކާތްތަކަކާއި ބާބެކިއުއެއް ކުރިއަށް ގެންގޮސްފައި ވެއެވެ.

ނަޝީދުގެ ކެމްޕެއިން ހަރަކާތުގައި އިސްކޮށް އުޅޭ ޒުވާނެއް ބުނީ ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި މިއީ ހަމަ ކެމްޕެއިންގެ ފެށުމެއް ކަމަށެވެ.

މެމްބަރު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި މި ކެމްޕެއިން ހަރަކާތުގައި ނަޝީދަށް ތާއިދު ކުރައްވާ ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.

މެމްބަރު ނަޝީދު ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ ޕީޕީއެމް ޓިކެޓެއްގަ އެވެ.

ނަޝީދުގެ އިތުރުން އެ ދާއިރާއަށް 3 ކެނޑިޑޭޓަކު ވާދަކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355