twitterviber whatsapp telegramfacebookyoutube instagram
23rd December 2025

ހދ އަތޮޅު ކައުންސިލުގެ މެންބަރުން ވައިކަރަދުއަށް ޒިޔާރަތް ކުރައްވައިފި

Mar 5, 2014

އަލަށް އިންތިހާބުވި ހދ އަތޮޅު ކައުންސިލުގެ މެންބަރުން އިއްޔެ ވައިކަރަދުއަށް ޒިޔާރަތް ކުރައްވައިފި އެވެ.

ހދ. އަތޮޅު ކައުންސިލުގެ މެންބަރުން ވައިކަރަދުއަށް ކުރި މިޒިޔާރަތަކީ އެލްޖީއޭގެ ފަރާތުން ބާއްވާ އޮރިއެންޓޭޝަން ޕުރޮގުރާމުގެ ދަށުން ކުރެއްވި ޒިޔާރަތެއް ކަމަށް ހދ އަތޮޅު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

“.ވައިކަރަދޫ ދާއިރާގެ މެންބަރުންނާ ރައްޓެހިވެލާ ގާތް ގުޅުމެއް ބޭއްވުން އަނެއްހެން މި ދަތުރުގެ މައިގަނޑު މަގުސަދަކީ” އަތޮޅު ކައުންސިލުގެ އާ ރައީސް އާދަމް ނަސީރު ވިދާޅުވި އެވެ

މި ޒިޔާރަތުގައި ވައިކަރަދޫ ދާއިރާގެ ކައުންސިލު މެންބަރުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކޮށްފައި ވާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވި އެވެ. އަދި އެރަށުގައި ހުންނަ މުއައްސަސާތަކަށް ޒިޔާރަތް ކޮށް އެތަންތަނުގެ ހާލަތު ބަލާފައިވާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

މިއީ އިންތިހާބު ވި ފަހުން ހދ އަތޮޅު ކައުންސިލުން ކުރި ފުރަތަމަ ދަތުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355