twitterviber whatsapp telegramfacebookyoutube instagram
28th September 2026

ހއ އަތޮޅު މަދަރުސާގެ ހޯލު އަދި ށ ފޭދޫ ސްކޫލު އިމާރާތްކުރުމަށް ބީލަމަށްލައިފި

Mar 9, 2014

ހއ އަތޮޅު މަދަރުސާގެ ހޯލު އަދި ށ ފޭދޫ ސްކޫލު އިމާރާތްކުރުމަށް ފިނޭންސް މިނިސްޓްރީ އިން ބީލަމަށްލައިފި އެވެ.

ހޯރަފުށީގައި ހުންނަ ހއ އަތޮޅު މަދަރުސާގެ ހޯލު އިމާރާތް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިއުރިޓީއަކަށް 60000 ރުފިޔާ ބަހައްޓަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ. އަދި ފޭދޫ ސްކޫލު އިމާރާތްކުރަން މިއަދަދުގެ ގޮތުގައި 70000 ރުފިޔާ ދައްކަންޖެހޭ ކަމަށް އެފަރާތުން ހާމަ ކުރައްވަ އެވެ.

މީގެ އިތުރުން މިއިން ކޮންމެ މަސައްކަތަކަށް ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް އިންސައްތަ ހުށަހަޅަންޖެހޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން މައުލޫމާތު ދެއްވަ އެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ފަސް އިންސައްތަ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 118 ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293