twitterviber whatsapp telegramfacebookyoutube instagram
1st June 2026

ހއ. އަތޮޅު ތައުލީމީ މަރުކަޒުން މަސައްކަތު ދުވަހެއް ފާހަގަކޮށް ދެ ލައްކަ އަށް ވުރެ ގިނަ ފައިސާ ހޯދައިފި

Mar 11, 2014

ހއ. އަތޮޅު ތައުލީމީ މަރުކަޒުން ދެ ދުވަހުގެ ނިޔަލަށް ފާހަގަކުރި މަސައްކަތު ދުވަހުން 200000ރ. ވުރެ ގިނަ ފައިސާ ހޯދައިފި އެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސް ރޫމުތައް ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މިދިޔަ ހޮނިހިރު ދުވަހު ފާހަގަކުރި މަސައްކަތު ދުވަހަށް ދުވަހަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ސްކޫލުން ބުނެއެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ޝާހިދު ވިދާޅުވީ ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމުތަކުގައި ސްމާރޓް ޓީވީ ބެހެއްޓުމުގެ ޕްރޮގްރާމެއް މިދިޔަ ހުކުރު ދުވަހު އިފްތިތާހު ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މަސައްކަތު ދުވަހުގައި ހއ. ދިއްދޫ ކައުންސިލުގެ މެންބަރުންނާއި އެއަތޮޅު ކައުންސިލާއި ރަށު ކައުންސިލުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އިތުރުން ފުލުހުންނާއި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުދައްރިސުންނާއި ބެލެނިވެރިން ބައިވެރިވި ކަމަށެވެ. 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ފާހަގަކުރި މިދުވަހުން ޖުމުލަ 241172.66ރ. ލިބިފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއްވަ އެވެ.

ހއ. އަތޮޅު ތައުލީމީ މަރުކަޒުގައި 700 އެއްހާ ދަރިވަރުން ތައުލީމު ހާސިލް ކުރަމުންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355