ުކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ރަށުގެ ދަރިއަކު ހޮވުމަށް 90 އިންސައްތަ ރައްޔިތުން ބޭނުންވާ ކަމަށް އެ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ ނާޒިމާ އަލީ ވިދާޅުވެއްޖެ އެވެ.
ޑޯޓުޑޯ ކެންޕެއިންގެ ތެރެއިން 90 އިންސައްތަ ރައްޔިތުންގެ ރަށުގެ ދަރިއަކު ހޮވުމަށް ބޭނުންވާ ކަން އެނގުނު. މަޖިލީހުގެ ގޮނޑިއަށް ހޮވޭނެ ކަމުގެ ޔަގީންކަން އެބޮއޮތް” ނާޒިމާ އަލީ ވިދާޅުވި އެވެ.
“ޑޯޓުޑޯ ކެންޕެއިންގެ ތެރެއިން 90 އިންސައްތަ ރައްޔިތުންގެ ވޯޓު ލިބޭނެ ކަމަށް ވަނީ ބުނެފައި. މަޖިލީހުގެ ގޮނޑިއަށް ހޮވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބޮއޮތް” ނާޒިމާ އަލީ ވިދާޅުވި އެވެ.
މީގެ އިތުރަށް ނާޒިމާ ވަނީ އޭނާ އަކީ ވަކި ޕާޓީއެއްގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓެއް ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވާފަ އެވެ. އެއީ އެންޓި ކެމްޕެއިނުގެ ގޮތުން ދެކެވޭ ވާހަކަތަކެއް ކަމަށާއި އޭގައި އެއްވެސް ހަގީގަތެއް ނުވާ ކަމަށް ވެސް ނާޒިމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ އަމިއްލަ ރަށުގެ ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވޯޓުލުން ލަސްވާނެ ކަމުގެ އަޑުތައް ފެތުރިފައިވާތީ ކެންޕެއިން ކުރުން މިވަގުތައް ތަންކޮޅެއް މަޑު ޖައްސާލާފައިވީ ނަމަވެސް ބެނާ އަދި ޕޯސްޓަރު ފަދަ ތަކެތި ޖެހުން ފަދަ ރޫޓީން މަސައްކަތްތައް “މެކުހަށް” ޖަހައިގެން ކުރިއަށް ގެންދާ ކަމަށް ނާޒިމާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑީ ކާމިޔާބު ކުރެވިއްޖެނަމަ އެންމެ އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށްވެސް ނާޒިމާ ވިދާޅުވި އެވެ. އެގޮތުން ސަރުކާރާ ގުޅިގެން ހޮސްޕިޓަލް ވަރަށް ގާތުން މޮނީޓަރ ކުރައްވާނެ ކަމަށާއި ނާޒިމާ ވިދާޅުވީ ރަށުގެ ރައްޔިތުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަނީ ސިއްހީ ދާއިރާއާ ބެހޭގޮތުން ކަމަށެވެ. އަދި ރަށުގެ އިޖުތިމާއީ މައްސަލަތައް ކަމަށްވާ ވަޒީފާ ނުލިބުމުގެ މައްސަލައާއި ޕްރީ ސްކޫލު ފީގެ މައްސަލައަކީ ވެސް ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ކަންތައްތައް ކަމަށް ނާޒިމާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ދެކުނު ދާއިރާގެ ހުރިހާ ގެއަކަށް ނާޒިމާ ވަނީ މިހާރު ޒިޔާރަތް ކޮށްފަ އެވެ.