twitterviber whatsapp telegramfacebookyoutube instagram
13th February 2026

ކުރިނބީ ސްކޫލުގެ ސްޓާފް ރޫމަށް ބޮޑުކަމުދާ ތަކެތި ޖަހައިފި

Mar 12, 2014

ހދ. ކުރިނބީ ސްކޫލުގެ ސްޓާފް ރޫމު ބޭރަށް ބަޔަކު ބޮޑުކަމުދާ ތަކެތި ޖަހައިފި އެވެ.

ހދ. ކުރިނބީ ސްކޫލު ލީޑިން ޓީޗަރު ސުޖާއު ވިދާޅުވީ ނަޖިސް ޖަހާފައިވަނީ ޓީޗަރުން ބޭނުންކުރަމުން އަންނަ ސްޓާފް ރޫމު ބޭރަށް ކަމަށެވެ.

“އަޅުގަނޑުމެން ރޭގައި ސްކޫލުން ދިޔައިރު ނަޖިސް ޖަހާފައެއް ނެތް. ނަޖިސް ޖަހާފައި ހުރިކަން އެނގުނީ މިއަދު ހެދުނު ސްކޫލަށް ދިއުމުން” ސުޖާއު ވިދާޅުވި އެވެ.

ސްކޫލަށް ނަޖިސް ޖަހާފައިވަނީ ޕެޓީ ކޮތަޅު ތަކަކަށް އަޅާގެން ކަމަށާއި ސްޓާފް ރޫމުގެ ދެ ކުޑަ ދޮރަކާ ދިމާލުން ނަޖިސް ޖަހާފަވާއިރު އެދިމާލުގައި ހުރި ފާރާއި ދޮރުފަތްތައް އަދި ޑެސްކުތަކާއި މުށި ތައް ނަޖިސް ވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދިނެވެ.

މިކަމާ ގުޅިގެން ސްކޫލުގެ ހެދުނު ދަންފަޅީގެ އިންޓަވަލް ފަހުގެ ކިޔެވުން ވަނީ ކެންސަލް ކޮށްފަ އެވެ.

މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގު ކުރަމުންނެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355